ދިރާގު އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2025 ގެ ފިރިހެން ޑިވިޝަނުގައި ބުރާސްފަތިދުވަހު ދެވަނައަށް ކުޅުނު މެޗުތަކުން އެމް.ބީ.އެސް އާއި ވިލާ ކޮލެޖު އެއްވަރުވިއިރު، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްއާ ވާދަކޮށް، 3-1ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ އިން މެޗު ކާމިޔާބުކޮށްފިއެވެ.
ގްރައުންޑް 1 ގައި ކުޅުނު އެސް.އެން އާއި ސީ.އެފް.އެސް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކޫލް އޮފް ނާސިންގެ ޖަރޒީ ނަންބަރު 73 އައިޝަތު ލިމްނާ ޢަބްދުﷲއެވެ.
ގްރައުންޑް 2 ގައި ކުޅުނު އެމް.ބީ.އެސް އާއި ވިލާ ކޮލެޖުގެ މެޗު އެއްވަރުވެފައިވާއިރު، މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެމް.ބީ.އެސްގެ ޖާޒީ ނަންބަރު 3 ފާތިމަތު އަޒްމާ އަހްމަދެވެ.
މި މަހުގެ 15 އިން 30ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށްހަމަޖެހިފައިވާ މި މުބާރާތުގައި ޖުމުލަ 27 ޓީމު ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ރެހެންދި ދަނޑުގައެވެ.
މިއަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ދިރާގެވެ. ކޯ-ސްޕޮންސަރަކީ ލިއެން ޝުއޭ ޝިން ނޫޑްލް ރެސްޓޯރެންޓެވެ. މުބާރާތުގެ ބޭންކިން ޕާޓްނަރަކީ ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އެވެ. މުބާރާތުގެ ކިޓް ޕާޓްނަރަކީ މެނީ މޯލްޑިވްސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ) އަދި އެލައިޑް އިންޝުއަރެންސް ހިމެނޭއިރު، މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން، ޔުނިވިޔަ، މާލެ ސިޓީ ކައުންސިލް އަދި އޮބިއޮން ހިމެނެއެވެ.






