ހީލަރސް އިން ”ޓީ ޑޭ“ ގެ ނަމުގައި ހަރަކާތެއް ބާއްވައިފިއެވެ. މިހަރަކާތަކީ ކުރިޔަށް އޮތް އެމް.އެން.ޔޫ.އެސް.ޔޫ ނެޓްބޯލް މުބާރާތާއި އަދި ހީލަރސް ގެ އެހެނިހެން ހަރަކާތްތަކަށް ފަންޑް ރައިޒް ކުރުމުގެ ގޮތުން ބާއްވާފައިވާ ހަރަކާތެކެވެ. ދެ ދުވަހުގެ މުއްދަތަކަށް ދެމިގެން ދިޔަ މި ހަރަކާތުގައި ތަފާތު އެކި ބާވަތްތަކުގެ ސައި ވިއްކާފައި ވެއެވެ. ޓީ ޑޭ ބާއްވައިފައި ވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސް ގެ ގްރައުންޑް ފްލޯރ ގައެވެ.


މި ހަރަކާތަށް އެފް.އެޗް.އެސް އަދި އެސް.އެން ގެ ދަރިވަރުންނާއި މުދައްރިސުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. މި ހަރަކާތް ފުރިހަމަ ގޮތުގައި ކުރިޔަށް ގެންދިއުމުގައި އެފް.އެޗް.އެސް ގެ ދަރިވަރުންނާއި މެނޭޖްމެންޓްގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދިޔައެވެ.