Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ކާމިޔާބު ކަމާއިއެކު ’އަހަރެމެންވެސް ފަލަސްތީނާއެކު‘ ނިންމާލައިފި

މުޙައްމަދު އަޙްނަފް by މުޙައްމަދު އަޙްނަފް
2021-08-01
in ޚަބަރު
ކާމިޔާބު ކަމާއިއެކު ’އަހަރެމެންވެސް ފަލަސްތީނާއެކު‘ ނިންމާލައިފި

އިޒްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ބިމުގައި ހިންގަމުންދިޔަ ޖަރީމާތަކާއި ގުޅިގެން ފަލަސްތީނުގެ އެތަށް ހާސް މުސްލިމުން ވަނީ ހާލުގައި ޖެހިފައެވެ. މި މުސްލިމުންނަށް އެހީވުމުގެ ގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިސްވެ އޮވެ ކޮލެޖު/ ޔުނިވަރސިޓީގެ ދަރިވަރުން އެކަތިގަނޑަކަށްވެ ހިންގި ”އަހަރެމެންވެސް ފަލަސްތީނާއެކު“ ފަންޑް ރައިސިންގ އިވެންޓަކީ މިހާތަނަށް މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން ނުކުމެ ހިންގި އެންމެ ބޮޑު އެއް ހަރަކާތެވެ.

މާސީއާ ގުޅިގެން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން ހިންގި މި ހަރަކާތުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖު، މެޕްސް ކޮލެޖު، އެމްއައި ކޮލެޖު، ސައިރެކްސް ކޮލެޖު، ކްލިކް ކޮލެޖު، އަދި އެވިޑް ކޮލެޖުން ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތް ނިންމާލުމަށްފަހު ވާހަކަ ދައްކަވަމުން އެމްއެންޔޫއެސްޔޫގެ ރައީސް އަބްދުﷲ ޝަހުނީޒް ވިދާޅުވީ، މިއީ ބުރަ ބޮޑު މަސައްކަތެއް ކަމަށާއި، އެހެންނަމަވެސް ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި މި ކުރެވުނު މަސައްކަތަކީ ކުޑަ މަސައްކަތެއް ކަމަށެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވި ހުރިހާ ކޮލެޖު/ޔުނިވަރސިޓީ ދަރިވަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

މީގެ އިތުރުން ޝަހުނީޒް ވިދާޅުވީ، މި ހަރަކާތް ކުރިޔަށް ގެންދިޔައިރު، ކޮވިޑް-19ގެ ހާލަތު ގޯސްވުމުން އެކަމުގެ އަސަރުކުރި ކަމަށެވެ. އަދި މި ކެމްޕޭން ދިގު ދެމިގެންދިޔައީ ކޮވިޑްގެ ހާލަތުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކުރިޔަށް ގެންދިޔުމުން ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.

ޝަހުނީޒް ވަނީ މި ކެމްޕެއިނަށް އެހީތެރިވެދެއްވި ދިވެހީންނާއި ބިދޭސީންނަށް ޝުކުރުއަދާ ކުރައްވާފައެވެ.

”މިއީ ހަގީގަތުގައި ބުރަ ބޮޑު މަސައްކަތެއް. އެހެންނަމަވެސް ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޅުގަނޑުމެންނަށް މިކުރެވުނީ ކުޑަ މިންވަރެއް. މިފަދަ ބޮޑު ހަރަކާތެއް ކުރިޔަށް ގެންދިޔުމުގައި ގިނަ ގޮންޖެހުންތަކެއްވެސް ދިމާވި. މި ހަރަކާތަށް އެހީވެދެއްވި ދިވެހީންނާއި ބިދޭސީންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާ ކުރަން.“ އެމް.އެން.ޔޫ.އެސް.ޔޫ ގެ ރައީސް އަބްދުﷲ ޝަހުނީޒް“

މެއި މަހުގެ 19 ވަނަ ދުވަހު ފެށި މިހަރަކާތް ފެށުމުގެ ގޮތުން، މި ހަރަކާތުގައި ހަރަކާތްތެރިވާ ދަރިވަރުންނަށް ވަނީ ޝެޝަންތަކެއް ނަގައިދީފައެވެ. މި ޝެޝަންތައް ނަންގަވައިދެއްވީ، އައްޝެއިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް އަދި އައްޝެއިޚް މުޖްޠަބާ ޙަމީދު އެވެ.

އެއަށްފަހު ފަންޑު ފޮށި މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި  ބަހައްޓައިފައިވެ އެވެ. އަދި ޓީޝާޓު ވިއްކުމަށް ޕްރީ އޯޑަރ ކުރުމަށް ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގުނެވެ. ކޮވިޑްގެ ލޮކްޑައުންނަށްފަހު، ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ހަފްތާ ބަންދުގައި މާލޭ ސިޓީގެ އެކި ސަރަހައްދުތަކުގައި ފަންޑް ފޮއްޓާއިއެކު ޓީޝާޓު ވިއްކުމުގެ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެ ހަރަކާތްތަކުގައި ޓީޝާޓުގެ އިތުރުން ކާބޯތަކެތިވެސް ވިއްކާފައިވެއެވެ.

މި ހަރަކާތްތަކުން ޖުމްލަ 125.000.00 (އެއްލައްކަ ފަންސަވީސް ހާސް ސުންލާރި) ވަނީ ލިބިފައެވެ.

މި ފައިސާ ހޮނިހިރު ދުވަހު ބޭއްވުނު ރަސްމިއްޔާތުގައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ވަނީ ހަވާލުކުރެވިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަޙްމަދު އިގްބާލް ވިދާޅުވީ މުސްލިމުންނަށް ހާއްސަކޮށް ފަލަސްތީނު ރައްޔިތުންނަށް ހޭދަކުރެވޭ ކިތަންމެ ކުޑަ މިންވަރަކީވެސް، އެ މުސްލިމު އަޚުންނާއި އުޚްތުންނަށް ދެވޭ ބޮޑު ހަދިޔާ އެއް ކަމަށެވެ. އަދި މާސީއާއެކު މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުން ހިންގި މި ހަރަކާތުގެ ފައިސާ ހޭދަކުރާނީ ”ރީބިލްޑިންގ ފަލަސްތީން“ ގެ ނަމުގައި އައިއޭސީން ހިންގަމުން ގެންދާ ހަރަކާތަށް ކަމަށެވެ. މީގެ އިތުރުން އިގްބާލް ވަނީ މި ހަރަކާތުގައި ބައިވެރިވި ދަރިވަރުން ދެއްކި ހިތްވަރަށް ޝުކުރުއަދާ ކުރައްވާފައެވެ.

މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަކީ ގައުމަށް އަދި މުސްލިމުންނަށް ދިމާވާ ކޮންމެ ހާދިސާއެއްގައި އެއްބައިވަންތަކަމާއިއެކު، ހަރަކާތްތައް ހިންގާ ދަރިވަރުންތަކެކެވެ. ޒުވާން ގިނަ އިސްވާރުންނާއިއެކު ހިންގުނު މިހަރަކާތުގައި ގިނަ ފިލާވަޅުތަކެއް ދަސްވެގެންދިޔަ ކަމަށް ހަރަކާތުގައި ބައިވެރިވި އިސްވާރުން ވަނީ ފާހަގަ ކޮށްފައެވެ. އެމް.އެން.ޔޫ.އެސް.ޔޫން އެދެނީ ފަލަސްތީނުގެ ރައްޔިތުންނަށް މިދެވުނު އެހީއާއެކު، އެ މުސްލިމު އަޚުންނާއި، އުޚްތުންނަށް އިތުރު ހިތްހަމަ ޖެހުމަކާއި ފާގަތިކަން ލިބިގެން ދިޔުމަށެވެ.

މުޙައްމަދު އަޙްނަފް

މުޙައްމަދު އަޙްނަފް

އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރުގެ ޚަޒާންދާރު

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

ވިލާ ކޮލެޖާއި އެމް.ބީ.އެސް އެއްވަރު، އެސް.އެންއަށް ފަސޭހަ މޮޅެއް

2025-05-23
އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

އެމް.އެން.ޔޫ.ބީ.އެސް އާއި އެފް.އޭ އެއްވަރުވިއިރު، އެމް.އައި ކޮލެޖަށް މޮޅެއް

2025-05-22
ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

ގްރޫޕް އޭ: މެޕްސް ކޮލެޖަށް ތިން މެޗުން ތިން މޮޅު، އެމް.އައި ވެސް މޮޅުވެ ގްރޫޕް ވާދަވެރިވެއްޖެ!

2025-05-22
އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

އެފް.އެޗް.އެސް އެއްވަނައިގައި ކުއާޓާއަށް، ވިލާ ކޮލެޖުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި!

2025-05-22
ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

ގްރޫޕް އޭ: އެމް.އެން.ޔޫ.ބީ.އެސް އާއި އެމް.އައި އެއްވަރު، އެފް.އޭގެ ފުރަތަމަ މޮޅު!

2025-05-22
ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

ގްރޫޕް ޑީ: ސީ.އެފް.އެސް މޮޅުވިއިރު ފެސްޓް އަދި އެމް.ބީ.އެސް އެއްވަރު!

2025-05-19
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab