Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ނައިޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

މިއީ މިއަހަރު ބޭއްވުނު ފުރަތަމަ ލީޑަރސް ނައިޓް

މުޙައްމަދު އަޙްނަފް by މުޙައްމަދު އަޙްނަފް
2021-08-21
in ޚަބަރު
އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ނައިޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ ލީޑަރސް ގްރޫޕާއި އަލަށް ގުޅުނު ދަރިވަރުންނަށް ބާއްވާ ލީޑަރސް ނައިޓް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ހުކުރު ދުވަހުގެރޭ އެމް.އެން.ޔޫ ޕީއީ ހޯލުގައި ބޭއްވި މި ބައްދަލުވުމުގައި އަލަށް ގުޅުނު ގިނަ އަދަދެއްގެ ލީޑަރުން ބައިވެރިވިއިރު، އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގެ މެމްބަރުންނާއި، އެޑްވައިޒަރީ ބޯޑުގެ މެމްބަރުންގެ އިތުރުން ކުރީގެ ލީޑަރސް ގްރޫޕްގެ މެމްބަރުންވެސް ވަނީ ބައިވެރިވެފައެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މީގެ ކުރިން ލީޑަރސް ނައިޓްގައި ބައިވެރިވެވިފައިނުވާ ކުދިންވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުން ތަޢާރަފު ކޮށްދެއްވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ޢަބްދުﷲ ޝަހުނީޒް ވަނީ އެމް.އެން.ޔޫ.އެސް.ޔޫ އާއި އެމް.އެން.ޔޫގެ ތަޢާރަފެއް ދަރިވަރުންނަށް ދެއްވާފައެވެ. މީގެ އިތުރުން ލީޑަރސް ގްރޫޕްގެ މަޤްޞަދާއި މި ގްރޫޕްގައި ދަރިވަރުން ޙަރަކާތްތެރިވާއިރު ސަމާލުކަން ދޭންވީ ކަންކަން ވަނީ ކިޔާދެއްވާފައެވެ.

މި ބައްދަލުވުމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަދި ކުރީގެ ރައީސް އަރުޝަދު އަޝްރަފް ވަނީ ލީޑަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު، ދިމާވާ ދަތިތަކާއި، ކުރިޔަށްދާނެ މަގު ދައްކައިދޭނެ ތަނެއްގެ ގޮތުގައި ޔޫނިއަން ވާނެ ކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އަރުޝަދު ވަނީ ދަރިވަރުންގެ ޔޫނިއަންއާ އަލަށް ގުޅުނު ލީޑަރުންނަށް މަރުޙަބާ ކިޔާފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ އެޑްވައިޒަރީ ބޯޑުގެ މެމްބަރު އަދި ކުރީގެ ރައީސް މުޙައްމަދު ޝާން އާމިރު ވިދާޅުވީ އެމް.އެން.ޔޫ.އެސް.ޔޫ އަކީ ދަރިވަރުންނަށް އިތުރު ކަންކަން ދަސްކޮށްދޭނެ ތަނެއްކަމުގައެވެ. އެގޮތުން އެމް.އެން.ޔޫ.އެސް.ޔޫގައި ދަރިވަރުންނަށް މީޑިއާގެ ދާއިރާއިންނާއި، ހަރަކާތްތައް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާން ދަސްކޮށްދޭނެ ކަމަށް ޝާން ވިދާޅުވިއެވެ. އަދި ލީޑަރުންގެ ގޮތުގައި މިއަދު އަލަށް ގުޅުނު ދަރިވަރުންނަށް މުސްތަގުބަލުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީގައި ހަރަކާތްތެރިވުމުގެ ފުރުސަތު އެބައޮތް ކަމުގައި ޝާން ވިދާޅުވިއެވެ.

ދަރިވަރުންނާއިއެކު އެކުވެރި މަޖާ މާހައުލެއްގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި އައު ލީޑަރުން ޝުއޫރުފާޅުކޮށްފައިވެއެވެ. އެގޮތުން އައު ލީޑަރުންގެ ތެރެއިން ވާހަކަ ދެއްކި ދަރިވަރުން ވަނީ އެމް.އެން.ޔޫ.އެސް.ޔޫގެ ހަރަކާތްތަކުގައި ކުރިޔަށް އޮތް ތަނުގައި ބައިވެރިވާނެ ކަމަށް ބުނެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ލަކީ ޑްރޯއިން ހޮވުނު ދަރިވަރުންނަށް ވަނީ ގިފްޓް ވައުޗަރ ދީފައެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫއަށް ހެޔޮއެދޭ ފަރާތްތަކުން ހަދިޔާކޮށްފައިވާ ގިފްޓް ވައުޗަރެވެ. އެގޮތުން މި ބައްދަލުވުމަށް ގިފްޓް ވައުޗަރ ހަދިޔާކުރި ފަރާތްތަކަކީ، ދިރާގު، ޕިއްޒާ ކިޗަން، ލެވެންޑަރ، ޔޫރޯ ސްޓޯރް، ކެފޭ ޑެލީޝިއާ އަދި ޓީ ޖެޓީ ހިމެނެއެވެ. އަދި ޔޫނިއަންގެ ފަރާތުން ލަކީ ޑްރޯއިން ނުހޮވުނު ދަރިވަރުންނަށް ވަނީ ސަޕްރައިޒިންގ ގިފްޓެއްގެ ގޮތުގައި މޭރީ ބްރައުންއިން ކެޔުން ހަދިޔާކުރަން ނިންމާފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕަކީ އެމް.އެން.ޔޫ.އެސްޔޫގެ ޙަރަކާތްތަކުގައި އިސްވެ އުޅުމަށް ޝަޢުޤުވެރިވާ ދަރިވަރުންނަށް އަމާޒުކޮށް 2018ވަނަ އަހަރު ހަދާފައިވާ ގްރޫޕެކެވެ. މި ގްރޫޕަށް ވަނުމަށް އެމް.އެން.ޔޫގެ ކޮންމެ ދަރިވަރަކަށްވެސް ފުރުސަތު އޮވެއެވެ. އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕްގައި މިވަގުތު 500ށް ވުރެ ގިނަ ކުދިން ހަރަކާތްތެރިވެއެވެ.

މުޙައްމަދު އަޙްނަފް

މުޙައްމަދު އަޙްނަފް

އެމް.އެން.ޔޫ.އެސް.ޔޫގެ 8 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ އެމް.އެން.ޔޫ.އެސް.ޔޫގެ 10 ވަނަ ދައުރުގެ ޚަޒާންދާރު

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

އެމް.އެން.ޔޫ ދެ ވަނަ ސެމިސްޓަރގެ އޮރިއެންޓޭޝަން ބާއްވައިފި

2022-08-10
މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

މެޑިކޯސްގެ ފަރާތުން ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ ހަރަކާތުގެ ދެވަނަ ކުއާޓާރ ހީލާރސްއާ ގުޅިގެން ކުރިއަށް ގެންގޮސްފި

2022-08-09
ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

ބީ.އެސް.އެސް.އޭ ފޮޓޯ ޗެލެންޖްގެ އެއްވަނަ ތައިބާ މުހައްމަދަށް!

2022-08-09
މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް ހުޅުވާލައިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ވޮލީބޯޅަ މުބާރާތެއް ބާއްވަނީ

2022-07-20
އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

އިޢުލާން: އެމް.އެން.ޔޫ.އެސް.ޔޫ ވީ.އެފް.އޭ ހަޔަރ އެޑިއުކޭޝަން ވޮލީބޯލް ޗެމްޕިއަންޝިޕް 2022 އާއި ގުޅޭ

2022-07-19
ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

ވީ.ސީ.އެސް.އޭ ބާސްކެޓްބޯޅަ މުބާރާތުން އެމް.އެން.ޔޫއަށް ރަން މެޑައްޔަކާއި ރިހި މެޑައްޔެއް!

2022-07-07
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab