މިއަހަރުގެ އޭޕްރީލް މަހުގައި ބާއްވާ ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓްގެ ގުރު ނަގައިފިއެވެ.
މި މުބާރާތުގެ ގުރު ނަގާފައިވަނީ އޭޕްރީލް މަހުގެ 14 ގައެވެ. 32 ބައިވެރިން ބައިވެރިވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 16 އަދި 17 ގައެވެ.
08 ގުރޫޕްއެއް ހިމެނޭއިރު، ކޮންމެ ގުރޫޕްއެއްގައިވެސް 04 ކުދިން ހިމެނެއެވެ. ދެ ދުވަހެއްގެ މައްޗައް ކުރިޔަށް ދާ މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 16 އޭޕްރިލް ވާ، ހުކުރު ދުވަހުގެ ރޭގަނޑުގައެވެ. މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 17 އޭޕްރީލް، ހޮނިހިރު ދުވަހުގެ ރޭގަނޑުގައެވެ.
މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގައެވެ.





