ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސްގެ ގޮފި ސޮސައިޓީ ފޯރ ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީސް (ޝެޓްސްގެ) ލީޑަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ”ސެލެބްރޭޝަން ނައިޓް“ އެއް ބާއްވާފިއެވެ.
މި ސެލެބްރޭޝަން ނައިޓް ބާއްވާފައިވަނީ ނޮވެމްބަރު މަހުގެ 8ވަނަ ދުވަހު އެފް.އެޗް.ޓީ.އެސްގެ ކްލާސްރޫމް އެއްގައިއެވެ. ސެޓްސްގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި ލީޑަރުން ބައިވެރިވެފައިވާ މި ހަރަކާތުގައި ލީޑަރުން އަގުވަޒަންކުރުމުގެ ގޮތުން ވަނީ ކޭކެއް ފަޅާފައިއެވެ. އަދި މީގެ އިތުރުން ވަނީ ކެއުމެއްވެސް ދީފައިއެވެ. ”ސެލެބްރޭޝަން ނައިޓް“ ނިންމާލައިފައި ވަނީ މަޖާ ގޭމް ތަކަކާއިއެކުއެވެ.
”ސެލެބްރޭޝަން ނައިޓް“ ބޭއްވުނު މައިގަނޑު އެއް މަޤްސަދަކީ، ކިޔެވުމުގައި އަވަދިނެތި އުޅެމުވެސް ސެޓްސްއާއި އެމް.އެން.ޔޫ.އެސް.ޔޫއިން ބާއްވާއެކި ހަރަކާތްތަކުގައި ލީޑަރުންގެ ފުރިހަމަ ބައިވެރިވުން ލިބޭތީ އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. މި ހަރަކާތުގައި ސެޓްސްގެ ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުންވެސް ވަނީ ލީޑަރުންނާއި މުހާތަބުކޮށް ޝުކުރު އަދާކޮށްފައިއެވެ.
ޝެޓްސް އަކީ އަބަދުވެސް ލީޑަރުންގެ އަގުވަޒަން ކުރާ ގޮތްޕެކެވެ. އަދި ލީޑަރުންނާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ޝެޓްސްއިން ދަނީ ތަފާތު ހަރަކާތްތަށް އަބަދުވެސް ބާއްވަމުންނެވެ





