ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.އެސް.ޔޫ) 10 ވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މެމްބަރުން މަގާމާއި ހަވާލުވެއްޖެއެވެ.
ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒާއި، އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް އާއި ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި އެމް.އެން.ޔޫ ފެކަލްޓީތަކުގެ ޑީނުންނާއި، 9 ވަނަ ދައުރުގެ ހިންގާ ކޮމެޓީ މެމްބަރުންނާއި އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
10 ވަނަ ދައުރުގެ ހިންގާ ކޮމެޓީ އިފްތިތާހުކޮށް މަގާމު ހަވާލުކޮށްދެއްވީ ޝަރަފުވެރިމެހެމާން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒްއެވެ.


10 ވަނަ ދައުރުގެ ހިންގާ ކޮމެޓީ މެމްބަރުން
ރައީސް – ހުސައިން ޒައިދު
ނައިބު ރައީސް (އިލްމީ) – އަޙްމަދު އިޔާޒް
ނައިބު ރައީސް (ގޮފިތައް) – ޖައިޝް އަލީ ވަހީދު
ނައިބު ރައީސް (އިތުރު ހަރަކާތް) – ސުއައިދު ޔޫނުސް
ހަޒާންދާރު – މުޙައްމަދު އަޙްނަފް
މީޑިއާ ކޯޑިނޭޓަރު – އަބްދުﷲ އަޠޫފް އާތިފް
ސެކެޓްރީ – މަނާލް އަޙްމަދު
އެސިސްޓެންޓް ސެކެޓްރީ – ނަޖީލާ މޫސާ ނައީމް
އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ 27 އޮކްޓޫބަރު 2021 އިން 15 ނޮވެމްބަރު 2021 އަށެވެ. އަދި އެފުރުސަތުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީއަށް ކުރިމަތިލާފައި ވަނީ ކޮންމެ މަގާމަކަށްވެސް އެންމެ ފަރާތަކުންކަމަށް ވާތީ އެފަރާތްތައް ހޮވިފައި ވަނީ ވޯޓަކައިނުލައެވެ.






