އަތޮޅުތެރޭ ކެމްޕަސް ގޮފިތައް އިފްތިތާހުކުރުމަށް ކުރެވޭ ކެމްޕަސް ދަތުރުތައް ބުރާސްފަތި ދުވަހު ފަށައިފިއެވެ.
ފާއިތުވެދިޔަ ގިނަ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ދަތުރުގައިވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އަތޮޅުތެރޭ ހަތަރު ކެމްޕަހަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ ކުޅުދުއްފުށީ ކެމްޕަސް، ގަން ކެމްޕަސް، ތިނަދޫ ކެމްޕަސް އަދި ހިތަދޫ ކެމްޕަސް އެވެ.
ކުޅުދުއްފުށީ ކެމްޕަސް:
ކުޅުދުއްފުށީ ކެމްޕަސް ދަތުރުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް ހުސެއިން ޒައިދާއެކު ބައިވެރިވާނީ އެން.އެން.ޔޫ.އެސް.ޔޫގެ ސެކްރެޓަރީ މަނާލް އަހުމަދެވެ.
ގަން ކެމްޕަސް:
ގަން ކެމްޕަސް ދަތުރުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އިތުރު ހަރަކާތް) ސުޢައިދު ޔޫނުސްއާއެކު ބައިވެރިވާނީ އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އިލްމީ) އަޙްމަދު އިޔާޒެވެ.
ތިނަދޫ ކެމްޕަސް:
ތިނަދޫ ކެމްޕަސް ދަތުރުގައި އެމް.އެން.ޔޫ.އެސް.ޔޫގެ 9ވަނަ ދައުރުގެ ރައީސް އަބްދުﷲ ޝަހުނީޒާއެކު ބައިވެރިވާނީ އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ ނަޖީލާ މޫސާ އާއި އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް) ޖައިޝު އަލީ ވަހީދެވެ.
ހިތަދޫ ކެމްޕަސް:
ހިތަދޫ ކެމްޕަހުގެ ދަތުރުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ އެސިސްޓެންޓް ސެކްރެޓަރީ އައިޝަތު އީފާއާއެކު ބައިވެރިވާނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ސެކްރެޓަރީ ފާތިމަތު ނަޝާތު ވަހީދެވެ.
މިއަހަރުގެ ކެމްޕަސް ދަތުރުގައި ގޮފިތަކުގެ ހިންގާ ކޮމެޓީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ އިތުރުން މިއަހަރު ކެމްޕަސްތަކަށް އަލަށް ގުޅުނު ދަރިވަރުންނަށް ބޭއްވޭ ފްރެޝާސް ނައިޓު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަތޮޅުތެރޭ ކެމްޕަސްތަކަށް އަހަރަކު އެއްފަހަރު ކުރެވޭ ކެމްޕަސް ދަތުރުތަކަކީ ސިލްސިލާ ގޮތެއްގައި 2018 ވަނަ އަހަރުން ފެށިގެން އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިޔަށް ގެންދާ ދަތުރުތަކެކެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު މެދުކެނޑުނުކަމުގައިވިޔަސް މިދިޔަ އަހަރު މި ދަތުރުތައް ކުރެވިފައިވާކަން ފާހަގަކޮށްލެވެއެވެ.