ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ މީޑިއާ ޓީމުގެ ފަރާތުން މިއަހަރު ބޭއްވި 3 ވަނަ ތަމްރީނު ޕްރޮގްރާމް ނިމިއްޖެއެވެ.
4 މާރިޗް 2022 ވީ ހުކުރު ދުވަހު ސީއޭ އޮޑިޓޯރިއަމްގައި ބޭއްވި ތަމްރީނު ޕްރޮގްރާމުގައި އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ ޓީމުގައި ހުރި ފުރުސަތުތައް ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.
މި ޕްރޮގްރާމް ނަގައިދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ 6 ވަނަ ދައުރުގެ މީޑިއާ ކޯޑިނޭޓަރ އަދި 7 ވަނަ ދައުރުގެ ރައީސް މުޙައްމަދު ޝާން އާމިރު އަދި އެމް.އެން.ޔޫ.އެސް.ޔޫގެ 9 ވަނަ ދައުރުގެ ނައިބު ރައީސް (އިތުރު ހަރަކާތް) މާޒިން މުޙައްމަދާއި އެމް.އެން.ޔޫ.އެސް.ޔޫގެ މީޑިއާ ކޯޑިނޭޓަރ އަތޫފް އާތިފް އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގައި ތިން ޓީމެއް ހިމެނެއެވެ. އެއީ ނިއުސް ޓީމް، ސޯޝަލް ޓީމް އަދި ޓެކްނިކަލް ޓީމެވެ.
މިއީ އެމް.އެން.ޔު.އެސް.ޔޫ މީޑިއާ އިން ސިލްސިލާ ގޮތެއްގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރިީނު ޕްރޮގްރާމުގައި 21 ދަރިވަރުން ބައިވެރިވިއެވެ. މިއީ މި ޓާމުގައި ބޭއްވުން ތިން ވަނަ ތަމްރީނު ޕްރޮގްރާމެވެ.
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ އަކީ 2018 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ ލީޑަރސް ގްރޫޕްގެ ތެރެއިން އުފައްދާފައިވާ ގްރޫޕެކެވެ.