ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2022″ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ސީއޭ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ހަފްލާގައި ޓީމުތަކުގެ މެންބަރުންނާއި މެނޭޖަރުންގެ އިތުރުން މުބާރާތުގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ދެ ޑިވިޝަނުގައިވެސް 8 ޓީމު ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ހިންގާ ކޮމިޓީގައި ހިމެނެނީ:
- ސުއައިދު ޔޫނުސް (ޗެއަރ) – އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (އިތުރު ހަރަކާތް)
- ޖައިޝު އަލީ ވަހީދު (ކޯ ޗެއަރ) – އެމް.އެން.ޔޫ.އެސް.ޔޫގެ ނައިބު ރައީސް (ގޮފިތައް)
- ހުސެއިން ޒައިދު – އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް
- މުޙައްމަދު އަހުނަފް – އެމް.އެން.ޔޫ.އެސް.ޔޫގެ ޚަޒާންދާރު
- މަނާލް އަޙްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ ސެކްރެޓަރީ
- ނަޖީލާ މޫސާ ނައީމް – އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ
- ޢަބްދުﷲ ޝަހުނީޒް – އެމް.އެން.ޔޫ.އެސް.ޔޫގެ 9ވަނަ ދައުރުގެ ރައީސް
- މާޒިން މުޙައްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ 9ވަނަ ދައުރުގެ ނައިބު ރައީސް (އިތުރުހަރަކާތް)
- އަރުޝަމް މުޙައްމަދު – އެމް.އެން.ޔޫ.އެސް.ޔޫގެ 8ވަނަ ދައުރުގެ ނައިބު ރައީސް (އިލްމީ)
- މުޙައްމަދު ޔާސިރު މޫސަ – ބީ.އެސް.އެސް.އޭގެ 8ވަނަ ދައުރުގެ ރައީސް
- އަޙްމަދު ޖައިޝަން – ތަރަހަ 6ވަނަ ދައުރުގެ ނައިބު ރައިސް (އިލްމީ)
- ޝަމާއިލް ހުސައިން – އެމް.އެން.ޔޫ ވޮލީ ޓީމުގެ މެންބަރެއް
- ޚާލިދު މުޙައްމަދު – އެމް.އެން.ޔޫ ވޮލީ ޓީމުގެ ކޯޗު
މުބާރާތުގެ ގުރުއަތުލުން ނަގާފައިވަނީ ފާއިތުވެދިޔަ އަހަރެކޭ އެއްގޮތަށް އެންމެ ފަހުގެ 2 ޗެމްޕިއަން ޓީމް 2 ގްރޫޕަށްދާގޮތަށް ސީޑް ކުރެވިގެންނެވެ.
މިގޮތުން ފިރިހެން ޑިވިޝަނުގެ 2 ގްރޫޕް އެތުރިފައިވާ ގޮތަކީ:
ގްރޫޕް އޭ
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
- ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
ގްރޫޕް ބީ
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
- ސްކޫލް އޮފް ނާރސިންގ
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް
އަދި އަންހެން ޑިވިޝަނުގެ 2 ގްރޫޕް އެތުރިފައިވާ ގޮތަކީ:
ގްރޫޕް އޭ
- ސްކޫލް އޮފް މެޑިސިން
- ފެކަލްޓީ އޮފް އެޑިއުކޭޝަން
- ސްކޫލް އޮފް ނާރސިންގ
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް
ގްރޫޕް ބީ
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 11 މާރިޗު 2022ވާ ހުކުރުދުވަހެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫގެ ޕީ.އީ ހޯލުގައެވެ.
ސިލްސިލާ ގޮތެއްގައި ބާއްވަމުންދާ މި މުބާރާތަކީ އެމް.އެން.ޔޫ.އެސް.ޔޫގެ 2 ވަނަ އަށް އެންމެ ބޮޑު ޙަރަކާތެވެ. މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މީގެ 8 ވަނަ މުބާރާތެވެ. ވޭތުވެދިޔަ އަހަރު ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ މައްޗަށް ކުރިހޯދައި ޗެމްޕިއަންކަން ހޯދާފައިވަނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް އެވެ. އަދި ސްކޫލް އޮފް ނާރސިންގ ބަލިކޮށް އަންހެން ޑިވިޝަނުގެ ތަށި އުފުލާލީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުންނެވެ.