ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމް.އެން.ޔޫ.އެސް.ޔޫ އާއި ޝެޓުސް ގުޅިގެން، ދިވެރާއްޖޭގެ ގައުމީ ޔުނިވާރސިޓީގައި ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށް ކުރިޔައް ގެންދާ އެމްއެންޔޫއެސްޔޫ ޝެޓުސް ކެރަމް ޓޯރނަމެންޓު މި އަހަރުވެސް ބާއްވަން ނިންމާފިއެވެ.
އޭޕްރިލް 19 އިން 25 ހަމައައް މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިޔައް ގެންދިޔުމައް ހަމަ ޖެހިފައިވާއިރު މި އަހަރުގެ މުބާރާތް މެޗުތައް ކުޅުމައް ހަމަ ޖެހިފައި ވަނީ ކެރަމް އެސޯސިއޭޝަންގައެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައި ވާއިރު މިފަހަރުގެ މުބާރާތުގައިވެސް ސިންގަލް އިވެންޓްގެ އިތުރުން ޓީމް އިވެންޓް އޮންނާނެއެވެ. އަދި މި ދެ ޑިވިޝަނުގައިވެސް އަންހެން އަދި ފިރިހެން ޑިވިޝަން އޮންނާނީ ވަކިވަކިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުން ގަޑިއަކީ 15 އެޕްރީލް 2022 ވަނަ ދުވަހާހަމައަށެވެ.
މުބާރާތުގައި އަމްޕަޔަރު ކަން ކުރަން ބޭނުންވާ ކުދިންނައް ކެރަމް އެސޯސިއޭޝްންގެ ފަރާތުން ތަމްރީން ކުލާސްތަކެއް ކުރިޔަތް ގެންދިޔުމައް ހަމަ ޖެހިފައިވާއިރު މި ކުލާސްތައް ކުރިޔައް ގެންދިޔުމައް ހަމަޖެހިފައި ވަނީ 4 ދުވަހަކައް ބަހާލާގެންނެވެ. އަމްޕަޔަރު ކަން ކުރަން ބޭނުންވާކުދިންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
މި އަހަރުގެ މުބާރާތަކި އެމްއެންޔޫ އެސްޔޫ ޝެޓުސް ކެރަމް ޓޯރނަމެންޓުގެ 3 ވަނަ މުބާރާތެވެ. މީގެ ކުރިން 2019 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާކޮށް ޝެޓުސްއިން ވަނީ މި މުބާރާތް ކުރިޔަށް ގެންގޮސްފައެވެ. އެންމެ ފަހުގެ ދެ މުބާރާތުގައި ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެއރިވި އިރު، މި އަހަރުގެ މުބާރާތައްވެސް ހޫނު ތަރުހީބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.