Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

1443 ވަނަ އަހަރުގެ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

އާމިނަތު ޔާސްމީން މުޙައްމަދު by އާމިނަތު ޔާސްމީން މުޙައްމަދު
2022-05-16
in ޚަބަރު, ހަރަކާތް
1443 ވަނަ އަހަރުގެ ރަމަޟާން މަހު ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އިން 1443 ވަނަ އަހަރުގެ ރަމަޟާން މަހު އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކާއި ގުޅިގެން ބޭއްވި މުބާރާތްތަކުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

13 މޭ 2022 ވީ ހުކުރު ދުވަހުގެ ރޭ ސީއޭ އޮޑިޓޯރިއަމްގައި ބޭއްވި މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް އާއި ފެކަލްޓީތަކުގެ ޑީނުންނާއި  ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީ މެމްބަރުންނާއި، މުބާރާތްތަކުގައި އިންސާފުކުރި ޖަޖުންގެ އިތުރުން ޔޫނިއަންގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ ނަޖީލާ މޫސާ ވަނީ މުބާރާތްތައް ކާމިޔަބުކަމާއެކު ނިންމާލެވުނީ ގޮފިތަކާއި އެމް.އެން.ޔޫ.އެސް.ޔޫ ލީޑާސް ގްރޫޕް މެންބަރުންގެ އިތުރުން އެޑްވައިޒަރީ ބޯޑު މެންބަރުންގެ އެއްބާރުލުމާ އެކުގައިކަން ފާހަގަކޮށް ޝުކުރު ދަންނަވާފައެވެ. އަދި އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންއަކީ އަހަރަކަށްވުރެ އަހަރެއް ކުރިއެރުމަށް މަސަކަތް ކުރަމުން އަންނަ ޖަމިއްޔާއެއް ކަމަށާއި، ޔޫނިއަން އެކޭ އެއްގޮތަށް އެއް ހަރަކާތަށްވުރެ އަނެއް ހަރަކާތުގެ ފެންވަރު ރަނގަޅުކުރުމަށް ޔޫނިއަންގެ ގޮފިތަކަށް ބާރުއަޅާކަން ފާހަގަކުރިއެވެ.

ނަޖީލާ މޫސާ – އެމް.އެން.ޔޫ.އެސް.ޔޫގެ އެސިސްޓެންޓް ސެކްރެޓަރީ | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓާއި، ތަރަހަ ތަސްވީރުން ވާހަކައިގެ އިތުރުން އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ އެކި ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމު ދީފައެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތް އަދި އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައިވެއެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ ޝެޓްސް ސުފުރާމަތި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ކެރަމް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އަމްޕަޔަރ ޓްރެއިނިންގެ ފުރިހަމަކުރި ބައިވެރިންނަށް ވަނީ ކެރަމް އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ”އަމްޕަޔަރ ސީ ލައިސެންސް“ ދީފައެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

އެމް.އެން.ޔޫ.އެސް.ޔޫ ބީ.އެސް.އެސް.އޭ ފީފާ ޓޯނަމެންޓްގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދީފައިވަނީ އެމް.އެން.ޔޫ ކޮލިޓީ އެޝުއަރަންސް ކޮންޓްރޯލާ ދރ. އާމިނަތު ޝިޔާމާ އެވެ. ތަރަހަ ތަސްވީރުން ވާހަކައިގެ ބައިވެރިންނަށް ހަނދާނީލިޔުން ހަވާލުކޮށް، ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދިނީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ހެޑް އޮފް ސެންޓަރ އަލްފާޟިލާ ފާތިމަތު ނާސިހާ އެވެ. މީގެ އިތުރުން ޝެޓްސް ސުފުރާމަތި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދިނީ އެފް.އެޗް.ޓީ.އެސްގެ ލެކްޗަރަރ ހުސައިން ޞަބާހުކަމަށްވާއިރު ކެރަމްގެ ”ނޭޝަނަލް އަމްޕަޔަރ ސީ ލައިސެންސް“ ހަވާލުކޮށްދިނީ ކެރަމް ޤައުމީ ޓީމުގެ ކުޅުންތެރިޔާ އަޙްމަދު ޖަލާލް އަލީ އެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދިނީ އެމް.އެން.ޔޫ.އެސް.ޔޫގެ ކުރީގެ ރައީސް އަލްއުސްތާޛް ޢަލީ ރަޝީދުކަމަށްވާއިރު، އެމް.އެން.ޔޫ.އެސް.ޔޫ ސިއާ މަދަހަ މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދީފައިވަނީ ފެކަލްޓީ އޮފް އާރޓްސްގެ ޑީން އަލްފާޟިލް ޢާސިމް އަބްދުއްސައްތާރެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫ އެސް.އެސް.އެލް ޤުރުއާން މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދީފައިވަނީ އެމް.އެން.ޔޫ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.

ރަސްމިއްޔާތުގެ ތެރެއިން | ފޮޓޯ: އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާ

މި ރަސްމިއްޔާތުގައި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ ބައި އިލެކްޝަން ކާމިޔާބުކުރި މެންބަރުގެ މަޤާމު ހަވާލުކުރުންވެސް ވަނީ ކުރިއަށް ގޮސްފައެވެ.

އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަން އާއި މި ޖަމިއްޔާގެ ގޮފިތަކުން އަންނަނީ އަހަރެއްގެ ތެރޭގައި އެތައް ހަރަކާތްތަކެއް ރާވާ އިންތިޒާމުކުރަމުންނެވެ. އަދި ޚާއްޞަކޮށް ރަމަޟާންމަހުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ކުރިއަށް ގެންދެވެއެވެ.

އާމިނަތު ޔާސްމީން މުޙައްމަދު

އާމިނަތު ޔާސްމީން މުޙައްމަދު

މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ގޮފިތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން

ގޮފިތަކުގެ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާންކުރުން

2026-02-16
ދަރިވަރުންގެ ޔޫނިއަންގެ މާލޭގެ ގޮފިތަކުގެ އިންތިޚާބު ފަށައިފި

ދަރިވަރުންގެ ޔޫނިއަންގެ މާލޭގެ ގޮފިތަކުގެ އިންތިޚާބު ފަށައިފި

2026-02-16
ގޮފިތަކުގެ އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމާއި ކެމްޕެއިން ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި އިންތިޚާބާ ގުޅޭ

ގޮފިތަކުގެ އިންތިޚާބުގެ ކެންޑިޑޭޓް ނަންބަރު ތަރުތީބުކުރުމާއި ކެމްޕެއިން ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި އިންތިޚާބާ ގުޅޭ

2026-02-10
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ އިންތިޚާބާ ބެހޭ (އިންތިޚާބު ކޮމިޓީ)

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ އިންތިޚާބާ ބެހޭ (އިންތިޚާބު ކޮމިޓީ)

2026-02-10
އަތޮޅު ކެމްޕަސްތަކުގައި ޤާއިމުކުރެވިފައިވާ ގޮފިތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

އަތޮޅު ކެމްޕަސްތަކުގައި ޤާއިމުކުރެވިފައިވާ ގޮފިތަކުގެ ހިންގާ ކޮމިޓީގެ މަޤާމުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުން

2026-02-10
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2026 އާ ގުޅޭ

އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2026 އާ ގުޅޭ

2026-02-08
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab