ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ އަންހެން ޑިވިޝަނުގައި ފުރަތަމަ މެޗުން ބަލިވި ނަމަވެސް ދެވަނަ މެޗުވަނީ ކާމިޔާބުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށްދިޔަ މި މެޗުތަކުން އެމް.އެން.ޔޫ.އެސް.ޔޫ އިން ފުރަތަމަ ބައަދަލުކުރީ ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އާއެވެ. މި މެޗު ސީ.އެޗް.އެސް.އީ އިން ކާމިޔާބުކުރީ 12-34 ގެ ނަތީޖާއަކުންނެވެ.
އައުޓް ޑޯރ ބާސްކެޓު ކޯޓުގައި ކުޅުނު ދެވަނަ މެޗުގައި އެމް.އެން.ޔޫ.އެސް.ޔޫ އާއި ވާދަކުރީ ވިލާކޮލެޖެވެ. ވާދަވެރި މި މެޗު އެމް.އެން.ޔޫ.އެސް.ޔޫ އިން ކާމިޔާބު ކުރީ 07-24 ނަތީޖާއަކުންނެވެ.
އަންހެން ޑިވިޝަނުގެ ދެވަނަ މެޗު ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ރޭ 2220 ގައި ބައްދަލު ކުރާނީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލާއެވެ.
ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގައި އެމް.އެން.ޔޫ.އެސް.ޔޫގެ އަންހެން އަދި ފިރިހެން ޑިވިޝަނުންވެސް ވަނީ ބައިވެރިވެފައެވެ. މި ޓީމުތަކުން ވަނީ 2 ކެޓަގަރީގައިވެސް ބައިވެރިވެފައެވެ. އެއީ 5 އޮން 5 އަދި 3 އޮން 3 އެވެ.