ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގެ ފިރިހެން ޑިވިޝަނުގައި ފުރަތަމަ މެޗުން ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) އަތުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) މޮޅުވެއްޖެއެވެ.
އައުޓް ޑޯރ ބާސްކެޓު ކޯޓުގައި ކުރިއަށް ގެންދާ މި މުބާރާތުގައި ސީ.އެޗް.އެސް.އީ އަތުން އެމް.އެން.ޔޫ.އެސް.ޔޫ މޮޅުވީ ބޮޑު ތަފާތަކުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި އެމް.އެން.ޔޫ.އެސް.ޔޫ އަދި ސީ.އެޗް.އެސް.އީ ބައްދަލުކޮށް ފަސޭހަކަމާއެކު ކާމިޔަބުކުރީ އެމް.އެން.ޔޫ.އެސް.ޔޫ އިންނެވެ. މި މެޗުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ކުރިހޯދީ 36-22 ގެ ނަތީޖާއަކުންނެވެ.
ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗު ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ރޭ 2100 ގައި ބައްދަލު ކުރާނީ ވިލާ ކޮލެޖްއާއެވެ.
ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގައި އެމް.އެން.ޔޫ.އެސް.ޔޫގެ އަންހެން އަދި ފިރިހެން ޑިވިޝަނުންވެސް ވަނީ ބައިވެރިވެފައެވެ. މި ޓީމުތަކުން ވަނީ 2 ކެޓަގަރީގައިވެސް ބައިވެރިވެފައެވެ. އެއީ 5 އޮން 5 އަދި 3 އޮން 3 އެވެ.






