ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގެ 5 އޮން 5 ފިރިހެން ޑިވިޝަނުގައި މެޕްސް ކޮލެޖާ ވާދަކޮށް އެމް.އެން.ޔޫ އިން މެޗު ކާމިޔާބުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މި މެޗު އެމް.އެން.ޔޫ އިން ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. މި މެޗުގެ ނަތީޖާއަކީ 30-10 އިންނެވެ. މި ނަތީޖާއާއެކު އެމް.އެން.ޔޫ ފިރިހެން ޓީމް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލުގައި އެމް.އެން.ޔޫ ބައްދަލުކުރާނީ ވިލާ ކޮލެޖާއެވެ.
ވިލާ ކޮލެޖް ސްޓޫޑެންޓް އެސޯސިއޭޝަން (ވީ.ސީ.އެސް.އޭ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ޓްރިޕަލް ތްރެޓް ބާސްކެޓްބޯލް ޓޯނަމެންޓް 2022 (ޓީ.ޓީ.ބީ.ޓީ)ގައި އެމް.އެން.ޔޫ.އެސް.ޔޫގެ އަންހެން އަދި ފިރިހެން ޑިވިޝަނުންވެސް ވަނީ ބައިވެރިވެފައެވެ. މި ޓީމުތަކުން ވަނީ 2 ކެޓަގަރީގައިވެސް ބައިވެރިވެފައެވެ. އެއީ 5 އޮން 5 އަދި 3 އޮން 3 އެވެ






