ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ޔޫނިއަންގެ އަހުރަ ގޮތްޕާ ގުޅިގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2023“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ލާމު އަތޮޅުގެ މުއައްސަސާތަކަށެވެ. މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޝަން އޮންނާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 2023 ފެބުރުވަރީ 26 ވާ އާދީއްތަ ދުވަހުގެ އިރުއޮއްސި 06:00 އެވެ.
އަހުރަ ހޭންޑްބޯޅަ މުބާރާތަކީ ޔޫނިއަން އިން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. އެންމެ ފުރަތަމަ މި މުބާރާތް ބޭއްވީ 2017 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 2018 އަދި 2019 ގައި ވެސް މުބާރާތް ކުރިއަށްދިޔައިރު، އޭގެ ފަހުން ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު މި މުބާރާތް އޮތީ 3 އަހަރަށް މެދުކެނޑިފައެވެ. އެހެންކަމުން މިއަހަރު މި ބޭއްވެނީ މި މުބާރާތުގެ 4 ވަނަ ޢަދަދެވެ. މި މުބާރާތް އެންމެ ފަހުން ބޭއްވުނު 2019 ވަނަ އަހަރު މި މުބާރާތުގެ އަންހެން އަދި ފިރިހެން ޗެންޕިއަންކަން ވެސް ހޯދާފައިވަނީ އިސްކަންދަރު އެއަރބޭސް އެވެ.





