ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ގޮފިތަކުގެ ހިންގާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ ޢާންމު އިންތިޚާބު ފެށިގެން ކުރިއަށް އެބަދެއެވެ.
މި އިންތިޚާބުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 10:00ގައެވެ. އަދި މިއަދު ހަވީރު 05:00އާ ހަމައަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
މި އިންތިޚާބުގައި ޖުމްލަ 2 ވޯޓު ފޮށްޓެއް ވަނީ ބެހެއްޓިފައެވެ. އެއީ ތަރަހައިގެ މެންބަރުން ވޯޓުލުމަށް އެމް.އެން.ޔޫ ސެންޓްރަލްގައި ބެހެއްޓިފައިވާ ފޮށްޓާއި މެޑިކޯސް ދަރިވަރުން ވޯޓުލުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓެވެ.
މި އަހަރުގެ އިންތިޚާބުގައި ވޯޓަކަށް ގޮސްފައިވަނީ 2 ގޮތްޕެއްގެ ޖުމްލަ 8 މަޤާމެވެ. އެގޮތުން މެޑިކޯސް ހިންގާ ކޮމިޓީގެ 6 މަޤާމަކަށާއި ތަރަހަ ހިންގާ ކޮމިޓީގެ 2 މަޤާމަކަށް މިއަދު މެންބަރުން ހޮވާނެއެވެ.


މިއަދުގެ މިހާތަނަށް 150 އަށްވުރެ ގިނަ ދަރިވަރުން ވަނީ ވޯޓުލާފައެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






