ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 11 ވަނަ ދައުރުގެ މާލޭ ކެމްޕަސް ގޮފިތަކުގެ ހިންގާ ކޮމިޓީތަކަށް އިންތިޚާބުވީ ސެކްރެޓަރީން އަދި ޚަޒާންދާރުންނަށް މައުލޫމާތު ސެޝަނެއް ބާއްވައިފިއެވެ.
މި މައުލޫމާތު ސެޝަން ބާއްވާފައިވަނީ މާލޭ ކެމްޕަސް ގޮފިތައް އިފްތިތާހުކުރުމަށް ބާއްވާ ރަސްމިއްޔާތުގެ ރިހާސަލް ސެޝަންގެ ތެރެއިންނެވެ. މާރިޗު 9 ވީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި މި ސެޝަންގައި މައުލޫމާތު ދީފައިވަނީ ދަރިވަރުންގެ ޔޫނިއަންގެ ސެކްރެޓަރީ ޒާޔާ ޙަސަން ޢިމްރާން، ޚަޒާންދާރު އަޙްމަދު ސަވާދު، އެސިސްޓެންޓް ސެކްރެޓަރީ ފާޠިމަތު ނައުޝީންގެ އިތުރުން ނައިބު ރައީސް (ގޮފިތައް) ޖައިޝް ޢަލީ ވަހީދެވެ.
ދަރިވަރުންގެ ޔޫނިއަންގެ 11 ވަނަ ދައުރުގެ ހިންގާ ކޮމިޓީ ގޮފިތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވަނީ މާރިޗު 10 ވާ ހުކުރު ދުވަހުގެ ރެޔެވެ.






