ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފަރާތުން ޔޫނިއަންގެ މާލޭ ކެމްޕަސް ގޮފިތަކާ ގުޅިގެން ކޮންމެ އަހަރަކު ރަމަޟާންމަހާ ދިމާކޮށް ބާއްވާ ”ބޮޑު މާހެފުން“ މިއަހަރު ބާއްވައިފިއެވެ.
މިއަހަރުގެ ހަރަކާތް ކުރިއަށް ގޮސްފައިވަނީ މާރިޗު 16 ވީ ބުރާސްފަތި ދުވަހުގެރޭ އެމް.އެން.ޔޫ ޕީ.އީ ހޯލުގައެވެ. މިއަހަރުގެ މި ހަރަކާތަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން ޤައުމީ ޔުނިވަރސިޓީގައި ކިޔަވަމުންދާ ގިނަ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ ”ބޮޑު މާހެފުން“ ބާއްވާފައިވާއިރު، މިއަހަރުގެ ރަމަޟާންމަހާ ދިމާކޮށްވެސް އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަން އިން ވަނީ ގިނަ ހަރަކާތްތަކެއް ރާވާފައެވެ. މިގޮތުން މަދަހަ މުބާރާތާއި ޤުރުއާން މުބާރާތް ފާހަގަކޮށްލެވެއެވެ.






