ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާވާ އިންތިޒާމު ކުރާ ”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023“ ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި މުބާރާތުގައި މިއަހަރު ކުރިއަށް ދާނީ ހަމައެކަނި ޓީމު އިވެންޓެވެ. އަދި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މާލޭ ކެމްޕަހުގައި ޤާއިމު ކުރެވިފައިވާ ޔޫނިއަންގެ ގޮފިތަކަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފޯމު މި ވެބްސައިޓުގެ ޑައުންލޯޑްސް ޕޭޖުން ލިބޭނެއެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ 30 މާރިޗު ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 06:00 އެވެ. ފޯމު ހުށަހަޅަން ޖެހޭނީ އެމް.އެން.ޔޫ.އެސް.ޔޫ އޮފީހަށެވެ. މި މުބާރާތް ބޭއްވުމަށް މިހާރު ތާވަލު ކުރެވިފައިވަނީ އެޕްރީލް މަހުގެ 6 ން 8 އަށެވެ.
މި މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ.






