ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ”އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023″ގެ ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ސީއޭ އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ހަފްލާގައި ޓީމުތަކުގެ މެންބަރުންނާއި މެނޭޖަރުންގެ އިތުރުން މުބާރާތުގެ ހިންގާ ކޮމިޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި މުޅިއެކު ދިހަ ޓީމު ވަނީ ބައިވެރިވެފައެވެ.
މި މުބާރާތުގެ 2 ގްރޫޕު އެތުރިފައިވާ ގޮތަކީ:
ގްރޫޕް އޭ
- ފެކަލްޓީ އޮފް ހެލްތު ސައިންސަސް
- ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް
- ފެކަލްޓީ އޮފް އެޑިއުކޭޝަން
- ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ
- ސޮކޫލް އޮފް ނަރސިންގ
ގްރޫޕް ބީ
- ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ
- ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް
- ސޮކޫލް އޮފް މެޑިސިން
- އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
- ފެކަލްޓީ އޮފް އާރޓްސް
މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 06 އެޕްރީލް 2023ވާ ބުރާސްފަތި ދުވަހުއެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫގެ ޕީ.އީ ހޯލުގައެވެ
މި މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ






