އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023 ގައި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ މައްޗަށް ކުރިހޯދާ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.
އެޕްރީލް 6 ވަނަ ދުވަހު ހަވީރު ކުޅުނު މި ޓައިގެ އަންހެން ޑަބަލްސް ގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅެން އެރީ މަރިޔަމް ޝަފާ ފާއިޒު އަދި މަރިޔަމް ނިހާގެ ޕެއާ އެވެ. މި ޕެއާ އިން އެފް.އެސް.އެލްގެ ފާތިމަތު ޝަފާ އަދި ޢާއިޝަތު ހައިފާ ފައިޞަލްގެ ޮެޕެއާގެ މައްޗަށް ކުރިހޯދީ 15-06 އަދި 15-09 ންނެވެ.
މި ޓައިގެ ފިރިހެން ސިންގަލްސްގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅުނީ ޝައިހާން ޢަބްދު ﷲ އެވެެ. މި މެޗުގެ ފުރަތަމަ ސެޓު 15-10ން އެފް.އެސް.އެލްގެ މުޙައްމަދު އިރުހާޝް ކާމިޔާބުކޮށްފައިވަނިކޮށް ޝައިހާން ވަނީ ދެވަނަ ސެޓު 15-08ން ކާމިޔާބުކޮށްފައެވެ. ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު 15-11 އިން ގެންދިޔައީ އިރުހާޝް އެވެ.
ޓައިގެ ނަތީޖާ އެއްވަރުވެފައިވަނިކޮށް ކުޅުނު ފިރިހެން ޑަބަލްސް ކާމިޔާބުކުރީ އެމް.އެން.ޔޫ.ބީ.އެސްގެ އަހުމަދު ސަމީހު އަދި މުޙައްމަދު ނާފް ޢަބްދު ﷲ ނަޢީމްގެ ޕެއާ އެވެ. މި ޕެއާ އިން އެފް.އެސް.އެލްގެ އަލްޠާފް ރަޝީދު އަދި އަންސަދު ޙަސަންގެ ޕެއާގެ މައްޗަށް ކުރިހޯދީ 15-13 އަދި 15-06 ންނެވެ.
މި ޓައިގެ އަންހެން ސިންގަލްސް މެޗު އެމް.އެން.ޔޫ.ބީ.އެސްގެ ފިރުޝާނާ ނަޞީރު ކާމިޔާބުކުރީ 15-02 އަދި 15-03ގެ ތަފާތޔ ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި އެފް.އެސް.އެލް އިން ކުޅުނީ ޢާއިޝަތު ޝާލިޔާ އެވެ.
މި ޓައިގެ ފަހު މެޗު، މިކްސްޑް ޑަބަލްސްގައި އެމް.އެން.ޔޫ.ބީ.އެސް އިން ކުޅެން އެރި ފާޠިމަތު ހަޔާއު މުޙައްމަދު އަދި އަޙްމަދު ސާޖިދު މުޙައްމަދު ޠަލާލްގެ ޕެއާ އިން މެޗު ކާމިޔާބު ކުރީ ފަސޭހަކަމާއެކު 15-04 އަދި 15-02 ންނެވެ. މި މެޗުގައި އެފް.އެސް.އެލް އިން ކުޅުނީ ޢާއިޝަތު މަޢާނީ އިބްރާހީމް އަދި އަލީ މައިސާނެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






