އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން މުބާރާތް 2023 ގައި ފެކަލްޓީ ްޮއޮފް އެޑިއުކޭޝަނުން ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ މައްޗަށް ކުރިހޯދައިފިއެވެ.
އެޕްރީލް 6 ވަނަ ދުވަހުގެރޭ ކުޅުނު މި ޓައިގެ އަންހެން ޑަބަލްސް ކާމިޔާބު ކުރީ ސީ.އެފް.އެސް އިންނެވެ. މި މެޗުގައި ސީ.އެފް.އެސް އިން ކުޅެން އެރި ނުސްރާ ސަޢީދު އަދި ފާޠިމަތު ރީމްގެ ޕެއާ އިން މެޗު ކާމިޔާބުކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 15-13 އިން ސީ.އެފް.އެސް ގެންގޮސްފައިވަނިކޮށް އެފް.އީގެ ދަޔާނާ ޙަސަން އަދި ފާޠިމަތު ރާޔާ ޝާހިދުގެ ޕެއާ އިން ވަނީ ދެވަނަ ސެޓު 15-08 ން ކާމިޔާބުކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ސީ.އެފް.އެސްގެ ޕެއާ އިން ކާމިޔާބު ކުރީ 15-13 ންނެވެ.
ފިރިހެން ސިންގަލްސްގައި އެފް.އީގެ ރުބެން ސިންގ ސެޓުތައް ގެންދިޔައީ 15-12 އަދި 15-13 ންނެވެ. މި މެޗުގައި ސީ.އެފް.އެސް އިން ކުޅުނީ ޒައިން ޢަބްދު ﷲ ޖަމީލެވެ.
މި ޓައިގެ ފިރިހެން ޑަބަލްސްގައި އެފް.އީ އިން ކުޅެން ނިކުތީ މުޙައްމަދު އަސްލަޖު އަޝްރަފް އަދި އަޙްމަދު ޢަލީ އެވެ. މި ޕެއާ އިން މެޗު ކާމިޔާބު ކުރީ 15-02 އަދި 15-08 ންނެވެ. މި މެޗުގައި ސީ.އެފް.އެސް އިން ކުޅެފައިވަނީ މުޙައްމަދު އަނޫފް އިބްރާހީމް އަދި ޢަލީ ނަވީހުގެ ޕެއާ އެވެ.
އަންހެން ސިންގަލްސްގެ މެޗު އެފް.އީގެ މަރިޔަމް ނަބާހާ ނަސީމް ކާމިޔާބު ކުރީ 15-11 އަދި 15-03 ންނެވެ. މި މެޗުގައި ސީ.އެފް.އެސް އިން ކުޅެން ނިކުތީ އާމިނަތު ނަދާ އިސްމާޢީލެވެ.
މި ޓައިގެ މިކްސްޑް ޑަބަލްސް މެޗު ކާމިޔާބުކޮށްފައިވަނީ ސީ.އެފް.އެސް އިންނެވެ. މި މެޗުގައި ސީ.އެފް.އެސް އިން ކުޅުނީ ވިޝާހު އަހްމަދު އަދި ޢާއިޝަތު މާހާ ނަސީމްގެ ޕެއާ އެވެ. މި ޕެއާ އިން މެޗު ކާމިޔާބުކުރީ ދެ ސެޓުވެސް 15-07ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި އެފް.އީ އިން ކުޅެފައިވަނީ މުޙައްމަދު ސާއިހު އަޙްމަދު ޝިހާމް އަދި ޢާއިޝަތު ޝަދާ ޢަބްދުލްޣަނީގެ ޕެއާ އެވެ.
މި މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޓީމު އިވެންޓްގެ މެޗުތަކެވެ. މިއީ އެމް.އެން.ޔޫ.އެސް.ޔޫ އިން ބާއްވާ ފުރަތަމަ ބެޑްމިންޓަން މުބާރާތެވެ. މުބާރާތުގެ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށް ދާނީ އެޕްރީލު މަހުގެ 06 ން 13 އަށެވެ. މި މުބާރާތް ކުރިއަށް ގެންދެވެނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ.






