އެމް.އެން.ޔޫ.އެސް.ޔޫ ބެޑްމިންޓަން ޓޯނަމެންޓް 2023 ގައި ފެކަލްޓީ އޮފް އާޓްސް އާއި ސްކޫލް އޮފް ނާސިންގ އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުތައް ކާމިޔާބުކޮށްފިއެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އެފްއޭ އާއި ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އެވެ. އެ މެޗު 4-1 ގޭމުން ކާމިޔާބުކޮށްފައިވަނީ އެފްއޭއިންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި އެފްއޭއެގެ އިބާ އިސްމާއިލް އާއި މަރްޔަމް ނައުހާ އިބްރާހިމްގެ ޕެއާ ނުކުތީ އެފްއެސްއެލްގެ އައިޝަތު ހައިފާ ފައިސަލް އާއި ފާތިމަތު ޝަފާގެ ޕެއާއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް އެފްއޭގެ ޕެއާއިން ކާމިޔާބުކުރީ 18-8 އަދި 15-7 އިންނެވެ.
ދެވަނަ ގޭމުގައި އެފްއޭގެ ސުއައިދު ޔޫނުސް ނުކުތީ އެފްއެސްއެލްގެ މުޙައްމަދު އިރުޝާހްއާ ދެކޮޅަށެވެ. މި ގޭމުގެ ސެޓުތައް ސުއައިދު ކާމިޔާބުކުރީ 15-10، 15-7 އަދި 15-5 އިންނެވެ.
ތިންވަނަ ގޭމު ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ އެފްއެސްއެލްއިންނެވެ. މި ގޭމުގައި އެފްއޭ އިން ނުކުތީ މާޒިން މުޙައްމަދް އާއި މުޙައްމަދު ރާއިދު ސައީދްގެ ޕެއާއެވެ. އަދި އެފްއެސްއެލް އިން ނުކުތީ އަލްތަފް ރަޝާދާއި އަލީ މައިޝާންގެ ޕެއާއެވެ. 3-1 ސެޓުން މިގޭމު ކާމިޔާބުކުރީ އެފްއެސްއެލްއިންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-4، 15-7 އަދި 15-13 އިންނެވެ.
މި މެޗުގެ ހަތަރުވަނަ ގޭމުގައި އެފްއޭއިން ނުކުތީ ފާތިމަތު ހަމްދާ މުހައްމަދެވެ. އަދި އެފްއެސްއެލް އިން ނުކތީ މާރިޔަތު އުނޫޝާއެވެ. މި ގޭމު އެފްއޭގެ ހަމްދާ ކާމިޔާބުކުރީ 15-13 އަދި 15-11 އިންނެވެ.
މި މެޗުގެ ފަހު ގޭމުގައި އެފްއޭއިން ކުޅެން ނުކުތީ އަންވާރު އިބްރާހީމް އާއި އާމިނަތު ޒާއިންގެ ޕެއާއެވެ. އަދި އެފްއެސްއެލްއިން ކުޅެން ނުކުތީ އާއިޝަތު ޝާލިޔާ އާއި އަންސާދް ހަސަންގެ ޕެއާއެވެ. މި ގޭމު އެފްއޭއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-5 އަދި 15-6 އިންނެވެ.


މީގެ އިތުރުން ހޯމަ ދުވަހުގެރޭ ކުޅުނު ދެވަނަ މެޗު ފެކަލްޓީ އޮފް ހެލްތު ސައިންސަސް އާއި ބައްދަލުކޮށް އެސްއެން އިން ކާމިޔާބުކުރީ 3-2 ގޭމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގައި އެސްއެން އިން ކުޅެން ނުކުތީ ފާތިމަތު ލުހާ އަރީފް އާއި އާއިސަތު ޝިރާ ހަސަންގެ ޕެއާއެވެ. އަދި އެފްއެޗްއެސް އިން ކުޅެން ނުކުތީ އާއިޝަތު ނައިޚާ ފާތިމާތު ޒިޔާންއެވެ. މި ގޭމު 3-1 ސެޓުން ކާމިޔާބު ކުރީ ލުހާ އާއި ޝިރާގެ ޕެއާއެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-8، 15-12 އަދި 15-10 އިންނެވެ.
ދެވަނަ ގޭމުގައި އެފްއެޗްއެސްގެ ހުމައިދު ހަސަން ކުޅެން އެރިއިރު، އެސްއެން އިން ކުޅެންއެރީ މުޙައްމަދު ރަޝީދުއެވެ. މިގޭމު ސީދާ ދެ ސެޓުން ކާމިޔާބުކުރީ އެފްއެޗްއެސްގެ ހުމައިދުއެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-1 އަދި 15-1 އިންނެވެ.
ތިންވަނަ ގޭމުގައި އެސްއެންގެ އިބްރާހީމް ވިޝާހް އާއި އަލްވީން ލަތީފްގެ ޕެއާ ކުޅެންއެރިއިރު، އެފްއެޗްއެސް އިން ކުޅެންއެރީ މުޙައްމަދު ޖުމާން އަޙްމަދާއި އިސްމާއިލް ޖަޒްލާންގެ ޕެއާއެވެ. މި ގޭމު އެސްއެންގެ ވިޝާޙް އާއި އަލްވީންގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-6 އަދި 15-12 އިންނެވެ.
ހަތަރުވަނަ ގޭމުގައި އެސްއެންގެ އައިޝަތު ޖީހާން ހަސަން އާއި ދެކޮޅަށް ނުކުތީ އެފްއެޗްއެސްގެ ފާތިމަތު އުލްޔާ މި ގޭމު އެސްއެންގެ ޖީހާން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-4 އަދި 15-5 އިންނެވެ.
މި މެޗުގެ ފަހު ގޭމުގައި އެސްއެންގެ އަލީ ވިޒާމް އާއި ޖަމީލާ އަފްނާންގެ ޕެއާ ކުޅެންއެރިއިރު، އެފްއެޗްއެސް އިން ކުޅެން ނުކުތީ މުޙައްމަދު ޝާހިލް އަލީ އާއި ފާތިމަތު އީހާމް ހުސެއިންގެ ޕެއާއެވެ. މި ގޭމު އެފްއެޗްއެސްގެ ޝާހިލް އާއި އީހާމްގެ ޕެއާ ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 15-5 އަދި 15-5 އިންނެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން އެފްއޭ އަދި އެސްއެން މޮޅުވި ނަމަވެސް އެ ދެ ޓީމުވެސް ވަނީ މުބާރާތުން ކަޓައިފައެވެ.






