އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތް 2023ގެ އަންހެން ޑިވިޝަނުގެ ތިންވަނަ މެޗުގައި ގްރޫޕް ބީގެ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)ގެ މައްޗަށް ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފް.އީ) އިން ކުރިހޯދައިފިއެވެ.
މޭ 16 ވީ އަންގާރަދުވަހުގެރޭ ކުޅުނު މި މެޗު އެފް.އީ އިން ކާމިޔާބު ކުރީ ދެ ސެޓު އެއް ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 25-22ން އެފް.އީ އިން ކާމިޔާބު ކޮށްފައިވަނިކޮށް ސީ.އެފް.އެސް އިން ވަނީ މެޗުގެ ދެވަނަ ސެޓު 25-22ން ކާމިޔާބު ކޮށްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 17-15 ންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެފް.އީގެ ޖަރޒީ ނަންބަރު 1 ރަފްހާ ސަމީރެވެ.
މި ޑިވިޝަނުގެ ގްރޫޕް ބީގައި މި ދެ ޓީމުގެ އިތުރުން ދެން ހިމެނެނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސްކޫލް އޮފް ނާރސިންގ (އެސް.އެން) އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅެވިގެންދަނީ 3 ސެޓަށެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިންޓަރ ފެކަލްޓީ ވޮލީބޯޅަ މުބާރާތަކީ ދަރިވަރުންގެ ޔޫނިއަންގެ ދެވަނަ އަށް އެންމެ ބޮޑު ހަރަކާތެވެ. މިއަހަރު މި ބޭއްވެނީ 2015 ވަނަ އަހަރުން ފަށައިގެން ސިލްސިލާގޮތެއްގައި މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ މި މުބާރާތުގެ 9 ވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އެމް.އެން.ޔޫ ޕީ.އީ ހޯލުގައި ކަމަށްވާއިރު، މުބާރާތް ކުރިއަށްދާނީ މޭ މަހުގެ 15 ން 22 އަށެވެ.






