ޗުއްޓީ ދުވަސްވަރު މާލޭގައި ތިބި ދަރިވަރުންގެ ޔޫނިއަންގެ ބައެއް ލީޑަރުންނާއެކު ”ޢީދު ޓްރިޕް“ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ވިލިމާލެއަށް ދަތުރެއް ގޮސްފިއެވެ.
މި ދަތުރު ގޮސްފައިވަނީ ޖުލައި މަހުގެ 1 ވަނަ ދުވަހެވެ.
އަޟްޙާ ޢީދުގެ ފަހު ދުވަހު ކުރި މި ދަތުރުގައި 26 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިފަދަ ދަތުރުތަކުގެ އިތުރުން އިޖުތިމާޢީ ދަތުރުތަކާއި ކެމްޕަސްތަކަށް ދަތުރުކުރުން ފަދަ ގިނަ ހަރަކާތްތަކެއް ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެއެވެ.






