އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގައި އަންގާރަދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުތައް ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒް (ސީ.އެފް.އެސް)، ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފް.އެޗް.އެސް) އަދި ކްލިކް ކޮލެޖުން ކާމިޔާބުކޮށްފިއެވެ.
ސީ.އެފް.އެސް އަދި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އިން ކުޅުނު މެޗު ސީ.އެފް.އެސް އިން ކާމިޔާބު ކުރީ 11 – 0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 3 ފާޠިމަތު ނިހާމާ ވަނީ މެޗުގައި 8 ގޯލު ޖަހާފައެވެ. އަދި ސީ.އެފް.އެސްގެ ޖަރޒީ ނަންބަރު 13 ފާޠިމަތު މުނީފާ ދެ ގޯލު ޖެހިއިރު، އެ ޓީމުގެ ޖަރޒީ ނަންބަރު 22 ޖަފްނާ ޢީސާވެސް ވަނީ މެޗުގައި ގޯލެއް ޖަހާފައެވެ.
އެފް.އެޗް.އެސް އަދި މޯލްޑިވްސް ބިޒްނަސް ސްކޫލް (އެމް.ބީ.އެސް) ކުޅުނު މެޗު އެފް.އެޗް.އެސް އިން ކާމިޔާބުކުރީ 4 – 1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެފް.އެޗް.އެސްގެ ގޯލުތައް ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 10 އަސްފާ އާދަމް، ޖަރޒީ ނަންބަރު 12 އާމިނަތު ޝަފާނާ ޢަލީ، ޖަރޒީ ނަންބަރު 8 ޢާއިޝަތު މަލްސާ މުޙައްމަދު އަދި ޖަރޒީ ނަންބަރު 22 ރަނާ މުޙައްމަދު ސަޢީދެވެ. އެމް.ބީ.އެސްގެ ގޯލު ޖަހާފައިވަނީ އެ ޓީމުގެ ޖަރޒީ ނަންބަރު 10 ރީނީ ޔޫސުފެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެފް.އެޗް.އެސްގެ ޖަރޒީ ނަންބަރު 4 ޝަހުދާ މުޙައްމަދެވެ.
ކްލިކް ކޮލެޖު އަދި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (އެފް.އެޗް.ޓީ.އެސް) ބައްދަލުކުރި މެޗު ކްލިކް ކޮލެޖުން ކާމިޔާބު ކުރީ 18 – 0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ކްލިކްގެ ޖަރޒީ ނަންބަރު 5 މަރިޔަން ފޯސީތޭ ރޮވީނާ ވަނީ 6 ގޯލު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ކްލިކްގެ ޖަރޒީ ނަންބަރު 4 ޝީނީޒް މުޙައްމަދު 4 ގޯލު ޖެހިއިރު، އެ ޓީމުގެ ޖަރޒީ ނަންބަރު 9 ފާޠިމަތު ރާއިން އަދި ޖަރޒީ ނަންބަރު 14 މަރިޔަމް މިރުފަތު ވަނީ ހެޓްރިކެއް ހަދާފައެވެ. މީގެ އިތުރުން އެފް.އެޗް.ޓީ.އެސް ޓީމުގެ ޖަރޒީ ނަންބަރު 10 ޢާއިޝަތު ޝާހާ ޝަރީފް އަތުން ވަނީ ބައިކޮޅަށް ދެ ގޯލު ވަދެފައެވެ.
މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ.
އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.






