Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ދެ ތަށިވެސް އެމް.އެން.ޔޫ.ބީ.އެސް އަށް، މޮޅު ކުޅުންތެރިޔާގެ މަޤާމު ފިރުޝާނާ އަދި ރިޔުޝާން އަށް!

އާމިނަތު ޔާސްމީން މުޙައްމަދު by އާމިނަތު ޔާސްމީން މުޙައްމަދު
2023-10-07
in ޚަބަރު
ދެ ތަށިވެސް އެމް.އެން.ޔޫ.ބީ.އެސް އަށް، މޮޅު ކުޅުންތެރިޔާގެ މަޤާމު ފިރުޝާނާ އަދި ރިޔުޝާން އަށް!

އެމް.ޓީ.ސީ.ސީ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ 2023 ގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެމް.އެން.ޔޫ ބިޒްނަސް ސްކޫލުން ހޯދިއިރު، މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ފިރުޝާނާ އަދި ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ރިޔުޝާން ހޮވިއްޖެއެވެ.

ހުކުރުދުވަހުގެރޭ މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފައިނަލު މެޗު ކުޅެ އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު ފައިނަލު މެޗުތަކާއި އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ކަމަށްވާއިރު ރަނަރއަޕް ޓީމަކީ މޯލްޑިވްސް ޕޮލިޓެކްނިކެވެ. އަންހެން ޑިވިޝަނުގެ ޗެމްޕިއަން ޓީމަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލް ކަމަށްވާއިރު ރަނަރއަޕް ޓީމަކީ ކްލިކް ކޮލެޖެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 8 އަޙްމަދު ރިޔުޝާން ކަމަށްވާއިރު ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ރިޔުޝާންގެ އިތުރުން އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 11 މުޙައްމަދު އަނާން، ހަމަ އެ ޓީމުގެ ޖަރޒީ ނަންބަރު 16 މުޙައްމަދު ނާބިތު ޙުސައިން އަދި އެ ޓީމުގެ ގޯލް ކީޕަރު އަނޫފް އަޙްމަދުގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ޖަރޒީ ނަންބަރު 27 ޙުސައިން މައިޝަން އެވެ.

މުބާރާތުގެ އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލުގެ ޖަރޒީ ނަންބަރު 11 ފިރުޝާނާ ނަޞީރު ކަމަށްވާއިރު ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފިރުޝާނާގެ އިތުރުން އެ ޓީމުގެ ގޯލް ކީޕަރު އާޔާ އަޙްމަދު އަބޫބަކުރު އަދި ކްލިކް ކޮލެޖުގެ ތިން ކުޅުންތެރިންކަމަށްވާ ޖަރޒީ ނަންބަރު 5 މަރިޔަން ފޯސީތޭ ރޮވީނާ، ޖަރޒީ ނަންބަރު 4 ޝީނީޒް މުޙައްމަދު އަދި ޖަރޒީ ނަންބަރު 14 މަރިޔަމް މިރުފަތެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ ޖަރޒީ ނަންބަރު 14 އަޙްމަދު ސުދައިސް ޢަލީ ކަމަށްވާއިރު އަންހެން ޑިވިޝަނުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޖަރޒީ ނަންބަރު 3 ފާޠިމަތު ނިހާމާ އެވެ.

ފިރިހެން ޑިވިޝަނުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރިޔުޝާނެވެ. އަދި އަންހެން ޑިވިޝަނުގައި އެންމެ ގިނަ ލަނޑު ޖެހީ ފިރުޝާނާ އެވެ. ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ އެމް.އެން.ޔޫ.ބީ.އެސްގެ ކޯޗު އަޙްމަދު ނިސާމް ކަމަށްވާއިރު އަންހެން ޑިވިޝަނުގެ އެންމެ މޮޅު ކޯޗަކީ އެމް.އެން.ޔޫ.ބީ.އެސްގެ ކޯޗު މުޙައްމަދު ޔާސިރު މޫސާ އެވެ.

މުޅި މުބާރާތުގެ އެންމެ ރަނގަޅު ސަޕޯޓު ކުރި ޓީމަކަށް ހޮވިފައިވަނީވެސް އެމް.އެން.ޔޫ ބިޒްނަސް ސްކޫލެވެ. އެމް.އެން.ޔޫ ބިޒްނަސް ސްކޫލަކީ މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމެވެ. މިފަހަރުގެ ތަށިތަކާއެކު އެ ޓީމުން ވަނީ އަންހެން ޑިވިޝަނުގެ ތަށި ރެކޯޑު ދެފަހަރު އަދި ފިރިހެން ޑިވިޝަނުގެ ތަށި ރެކޯޑު ހަތަރު ފަހަރު އުފުލާލާފައެވެ.

މިފަހަރުގެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ މޯލްޑިވްސް ޓްރޭޑިންގ އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އެވެ. މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ޔުނިވިޔަ ހޯލްޑިންގްސް، އެމް.ޔޫ ސްޓޯރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)، މެންހަޓަން ބިޒްނަސް ހޮޓެލް، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އަދި ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) ހިމެނެއެވެ. މުބާރާތުގެ އެސޯސިއޭޓް ޕާޓްނަރަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން އެވެ. ކޭޓަރިންގ ޕާޓްނަރަކީ ޑާރވިން ކެފޭ އެވެ. ސޯޝަލް މީޑިއާ ޕާޓްނަރަކީ ދަނޑުމަތި އެމް.ވީ ކަމަށްވާއިރު ސަޕޯޓިންގ ޕާޓްނަރަކީ ފުޓްރަބް މޯލްޑިވްސް އެވެ. މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރަކީ ޕްރިންޓްލައިން ކަމަށްވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖަރޒީ އެވެ. ސްޕޯޓްސް ޕާޓްނަރަކީ ސްޓްރައިކް ޒޯން ކަމަށްވާއިރު ބެވަރޭޖް ޕާޓްނަރަކީ ކޮކާކޯލާ އެވެ. އަދި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އެސް.އެސް މީޑިއާ އެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅެވެމުންދަނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުގައެވެ.

އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާ އަކީ މަތީ ތަޢުލީމު ދާއިރާގައި ބޭއްވިގެންދާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ. އަދި އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ހަރަކާތްވެސްމެއެވެ. ސިލްސިލާގޮތެއްގައި ބޭއްވިގެންދާ މި މުބާރާތުގެ 9 ވަނަ ޢަދަދު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، 2013 ން ފެށިގެން 2019 އާ ހަމައަށް މެދުކެނޑުމެއްނެތި މި މުބާރާތް ވަނީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދެވިފައެވެ. އަދި ކޮވިޑް-19ގެ ޢާލަމީ ވަބާއާއެކު 2 އަހަރުގެ މެދުކެނޑުމަކަށްފަހު މި މުބާރާތް އަލުން ކުރިއަށް ގެންދެވުނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނަކީ އެމް.އެން.ޔޫ ބިޒްނަސް ސްކޫލްކަމަށްވާއިރު ފިރިހެން ޑިވިޝަންގެ ޗެމްޕިއަނަކީ މެޕްސް ކޮލެޖެވެ.

އާމިނަތު ޔާސްމީން މުޙައްމަދު

އާމިނަތު ޔާސްމީން މުޙައްމަދު

މީޑިއާ ކޯޑިނޭޓަރ، އެމް.އެން.ޔޫ.އެސް.ޔޫ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފި!

2025-06-10
އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

އަންހެން ޑިވިޜަނުގެ ޗެމްޕިއަންކަން އަނެއްކާވެސް އެމް.ބީ.އެސްއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް މަލްދާ!

2025-06-03
ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

ފުޓްސަލް ފިއެސްޓާގެ ފިރިހެން ޑިވިޜަނުގެ ޗެމްޕިއަންކަން އެފް.އީއަށް، އެންމެ މޮޅު ކުޅުންތެރިއަކަށް ރައުހާން!

2025-06-03
އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

އެމް.އައި ކޮލެޖާ ދެކޮޅަށް އުނދަގޫ މޮޅަކަށްފަހު، ފެކަލްޓީ އޮފް ހެލްތު ސައިންސުން ސެމީގެ ޖާގަ ކަށަވަރުކޮށްފި

2025-05-26
2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2-0ގެ ނަތީޖާއަކުން ސްކޫލް އޮފް ނާސިންގ ބަލިކޮށް، ވިލާ ކޮލެޖު ސެމީއަށް!

2025-05-26
ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

ފެކަލްޓީ އޮފް އާޓްސް ކޮޅަށް 4 ލަނޑާއެކީ ޕޮލިޓެކްނިކުން ސެމީއަށް ދަތުރުކޮށްފި

2025-05-26
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab