ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް މިއަހަރު ފެށިގެންދާނީ ”އެމް.އެން.ޔޫ.އެސް.ޔޫ ޕްރެޒެންޓްސް ދަ ނެކްސްޓް ލެވެލް“ އިން ކަމުގައި ހަމަޖެހިއްޖެއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް މިހާރު ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހެވެ.
މި ހަރަކާތަކީ މުބާރާތެއްގެ ސިފައިގައި ކުރިއަށް ގެންދެވޭ ހަރަކާތެކެވެ. މިގޮތުން އެންމެ މޮޅު ތިން ޕާފޯމެންސްގެ އިތުރުން އެންމެ މޮޅު ތިން ފެކަލްޓީ ވެސް މި ހަރަކާތުގެ ތެރެއިން ހޮވިގެންދާނެއެވެ.
ދަ ނެކްސްޓް ލެވެލް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އިންތިޒާމުކޮށްގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރު ދައްކާލުމަށް ހުޅުވާލާ މަންސައެކެވެ.