ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ގޮފި ހީލަރސްއިން މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ލީޑަރސް ޓްރިޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
މި ދަތުރު ގޮސްފައިވަނީ 25 ފެބްރުއަރީ ވީ ހޮނިހިރު ދުވަހު 11:00 އިން 16:00 އަށް ވިލިގިލި ބީޗަށެވެ. ހީލަރސް އަށް އަލަށް ގުޅުނު އިސްވާރުންނާއި ކުރީގެ އިސްވާރުންނަށް އަމާޒުކޮށްގެން ދެވުނު މި ދަތުރުގައި ޖުމްލަ 28 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިދަތުރުގެ މައިގަނޑު މަގުސަދަކީ އައު އިސްވާރުންނާއި ކުރީގެ އިސްވާރުގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. އަދި ހަމައެހެންމެ އިސްވާރުންނާއި ހީލަރސްގެ ހިންގާ ކޮމެޓީގެ މެންބަރުންގެ މެދުގައި އޮތް ގުޅުންވެސް އިތުރަށް ވަރުގަދަކޮށް، މަޖާ މާހައުލެއްގެ ތެރެއިން، އެކިއެކި ކުޅިވަރުތަށް ކުރިއަށް ގެންދިއުމެވެ.
މި ދަތުރުގައި ކުޅެވިގެން ދިޔަ ފޯރިގަދަ ކުޅިވަރުތަކުގެ ތެރެއިން ”ފައިގަ ތަޅާ“ މި ކުޅިވަރަށް ވަރަށް ތަރުހީބު ލިބިގެން ދިޔައެވެ.
ހީލަރސް އިން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކަށް ހީލަރސްގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބިގެންދެއެވެ.






