ހީލަރސް އިން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީން އަދި ފެކަލްޓީގެ މެނޭޖްމެންޓާއި ބައްދަލުކޮށްފިއެވެ.
06 މާރިޗް ވީ ބުދަ ދުވަހު އެފް.އެޗް.އެސްގެ ޑީންސް މީޓިން ރޫމްގައި ކުރިއަށް ދިޔަ މިބައްދަލުވުމުގައި ހީލަރސްގެ ފަރާތުން ވަނީ މިއަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައި ހުރި ހަރަކާތްތައް މެނޭޖެމެންޓް އާއި ހިއްސާކޮށްފައެވެ. މީގެ އިތުރުން ފެކަލްޓީގައި ބާއްވާ ހަރަކާތްތަކުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭނެ ކަންކަމާމެދުވެސް ވަނީ މަޝްވަރާކުރެވިފައެވެ.
ހީލަރސްގެ ރައީސާ، ފާތިމަތު ސަމްހާ ސޫރަޖް ވަނީ މިއަހަރު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކަކީ އެކި ކުދިންނާއި ގުޅޭ، ގިނަ ކުދިންނަށް ބައިވެރި ވެވޭނެ ފަދަ ގޮތަކަށް އިންތިޒާމު ކުރެވޭނޭ ފަދަ ހަރަކާތްތަކެއް ކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ހަމަ އެހެންމެ ހެލްތު ސައިންސާއި ގުޅޭ ހުރިހާ ދުވަހެއް ފާހަގަ ކުރައްވާނޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެ ތެރޭގައި ”ހެލްތް ޑޭ“ އަދި ”ލެބް ވީކް“ އަކީ ހީލަރސް އިން ހާއްސަ ސަމާލުކަމެއް ދެއްވާނެ ދެ ހަރަކާތް ކަން ފާހަގަކުރައްވާފައެވެ.
އަދި މިހާރު ދަރިވަރުންގެ ފަރާތުން ހުށަހެޅިފައިހުރި އެކިއެކި ޝަކުވާތައް ހިއްސާކުރެވި، މިފަދަ ކަންކަން ރަނގަޅުކުރުމަށް ދަރިވަރުންގެ ޚިޔާލުތައް ހިންގާކޮމެޓީގެ މެންބަރުންގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.
ފާއިތުވި އަހަރުތަކުގައިވެސް ހީލަރސްގެ ފަރާތުން ކުރިއަށްގެންދެވުނު ހަރަކާތްތަކުގައި އެފް.އެޗް.އެސްގެ މެނޭޖްމެންޓާއި ޑީންގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުން ފާހަގަކޮށްލަންޖެހެއެވެ. ޚާއްސަ ގޮތެއްގައި ހީލަރސްއާ މެދު ޑީން އާއި މެނޭޖުމެންޓުގެ ބޭފުޅުން ބާއްވަވާ ގާތްކަމަކީ ހީލަރސްގެ ހިންގާ ކޮމެޓީގެ މެމްބަރުން އުފަލާއެކު ބަލައިގަންނަ ކަމެކެވެ.





