ރޯދަމަހާއި ގުޅުވާލައިގެން ހީލާރސް އިން ”ހީލަރސް މާހެފުން“ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި މާހެފުން ކުރިއަށް ގެންގޮސްފައިވަނީ 5 މާރިޗު ވީ އަންގާރަ ދުވަހުގެ މެންދުރު 12:00 އިން 15:00 އަށް ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ކޮމަން ރޫމްގައެވެ. މި މާހެފުމަކީ އެފް.އެޗް.އެސް ގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ހީލަރސްގެ ހިންގާކޮމެޓީގެ މެންބަރުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ.
މިހަރަކާތް ހިންގުމުގައި ފެކަލްޓީގެ ހުރިހާ ކޯހެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ހީލަރސް އަށް ލިބިގެން ގޮސްފައިވެއެވެ. މިގޮތުން މާހެފުމުގައި ބައިވެރިވުމުގެ ގޮތުން ޖުމްލަ 15 ކުލާހަކުން ވަނީ އައިޓަމެއް ތައްޔާރު ކޮށްދީފައެވެ. އަދި ހަމަ އެހެންމެ ލެކްޗަރާސް އިންވެސް ވަނީ އައިޓަމް ތައްޔާރު ކުރުމުގައި އެހީތެރި ވެފައެވެ.
ހީލަރސްގެ މާހެފުމަކީ ކޮންމެ އަހަރެއްގައިވެސް ފެކަލްޓީގެ ހުރިހާ ފަރާތްތަކުގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.





