ރޯދަމަހާއި ރޯދަޔާ ބެހޭގޮތުން އާއްމުކޮށް ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތައް ގެނެސްދިނުމަށްޓަކައި މި އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން އެސް.އެސް.އެލް. އިން ސިލްސިލާކޮށް ކުރު ވީޑިއޯތަކެއް ގެނެސްދޭން ފަށައިފިއެވެ.
އެގޮތުން ފުރަތަމަ ގެނެސްދިން ވީޑިއޯގެ މައުލޫއަކީ ‘ޖުނުބުވެރިޔާއާއި ރޯދަ’ އެވެ. މި މައުލޫއަށް އިންސާފު ކޮށްދެއްވީ
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ސީނިއަރ ލެކްޗަރަރ އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާސިލްކުރަމުންދާ ދަރިވަރުންގެ އިތުރުން އެހެނިހެން ފަރާތްތަކުގެވެސް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ހިންގޭ މި ސިލްސިލާ ހަރަކާތުގައި ރޯދަ މަހުގެ މާތްކަމާއި، ރޯދަ މަހުގައި ދަރުމަޔާއި ސަވާބު ހޯދުމަށް ކުރަންވީ ކަންކަން، އަދި ދަތުރުވެރިންނާއި ޙައިޟު ނިފާސްވެރިން ރޯދަމަހުގައި ޢަމަލުކުރަންވީ ގޮތްތައް ފަދަ މުހިންމު ކަންކަމަށް މި ސްިލްސިލާގައި އަލިއަޅުވާލާނެއެވެ.
މި ސިލްސިލާގައި ތަފާތު 10 މައުލޫއަކަށް ޖުމްލަ 10 ވީޑިއޯއެއް ގެނެސްދިނުމަށް އެސް.އެސް.އެލް އިން ވަނީ ނިންމާފައެވެ.