1445 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ގޮފި އެސް.އެސް.އެލް އިން ބާއްވާ ފުރަތަމަ ‘ތަށިބަރި މޫވްމަންޓް’ ފަށައިފިއެވެ.
ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމުގެ މަގްސަދުގައި އެސް.އެސް.އެލްއިން ކުރިއަށް ގެންދިއުމަށް ނިންމި މިހަރަކާތް މިއަދު ފަށާދީފައިވަނީ އެސް.އެސް.އެލްގެ ރައީސް އިސްމާޢީލް ރަޒީން ޢިމްރާނެވެ.
މި ހަރަކާތުގައި ފެކަލްޓީގެ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި އޮންނާނީ އެކި ދުވަހު އެކި ދަރިވަރުންގެ ފަރާތުން އެކި ދަރިވަރުންނަށް ރޯދަ ވީއްލުމަށް ތަށިބަރި ގެންގޮސްދިނުމެވެ.