ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ސިލްސިލާކޮށް ކުރިއަށްގެންދާ ރަމަޟާން ކުއިޒް މިފަހަރުވެސް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
1445 ވަނަ އަހަރުގެ ރަމަޟާން ކުއިޒްވެސް ކުރިއަށްގެންދެވޭނީ އެމް.އެން.ޔޫގެ ދަރިވަރުންގެ އިތުރުން އާންމުންނަށްވެސް ހުޅުވާލެވިގެންނެވެ.
މި އަހަރުގެ ކުއިޒްގައި ރަމަޟާންމަހުގެ ކޮންމެ ހުކުރު ދުވަހަކު ސުވާލެއް ހިއްސާކުރެވިގެންދާނެއެވެ. މި ސުވާލު ހިއްސާ ކުރެވޭނީ ވީޑިއޯގެ ޒަރިއްޔާއިންނެވެ. އަދި އެ ހަފްތާއެއްގެ ސުވާލުގެ ރަނގަޅު ޖަވާބު ދޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމު ދެވިގެންދާނެ އެވެ.
ރަމަޟާން ކުއިޒަކީ ބަރަކާތްތެރި ރަމަޟާންމަހާ ގުޅުވާލައިގެން އާންމުން ހޭލުންތެރިކުރުމަށް ކޮންމެ އަހަރަކުވެސް ގެނެސްދެވޭ ދީނީ ސުވާލު މުބާރާތެކެވެ.






