ފަސް ވަނަ އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް ޓޯރނަމެޏްޓުގައި އަމްޕަޔަރުކަން ކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދާ އަމްޕަޔަރ ޓްރެއިނިން، 32 ބައިވެރިނަންނާއި އެކު ފަށައިފިއެވެ.
ޖުމުލަ 5 ދުވަހަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ގިނަ ދަރިވަރުން ވަނީ ފޯމު ހުށަހަޅާފައެވެ.
16 މާރިޗު 2024 ވީ ހޮނިހިރު ދުވަހުގެ 13:00 އިން 15:00 އަށް ޓްރެއިނިންގެ ފުރަތަމަ ސެޝަން ކުރިޔަށް ގެންގޮސްފައިވާއިރު މި ސެޝަނުގައި 24 ބައިވެރިން ވަނީ ބައިވެރިވެފައެވެ.
އެފް.އެޗް.ޓީ.އެސްގެ ކުލާސްރޫމްތަކުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގ ޕްރޮގްރާމްގެ ސެޝަންތައް ނަންގަވާ ދެއްވާނީ ޝެޓްސް ގެ ރައީސް އަހުމަދު އަބްދުއްރަޝީދު (އަންދު) އެވެ.
ޓްރެއިނިންގް ސެޝަންތަކަށްފަހު ބައިވެރިން އިމްތިހާނު ކުރަން ވަނީ ނިންމާފައެވެ. ނަމެވެސް ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވަނީ ޓްރެއިނިންގެ އިމްތިހާނުން ފާސްވުމުގެ އިތުރަށް ކެރަމް އެސޯސިއޭޝަނުން ކުރިޔަން ގެންދާ ކެރަމް މުބާރާތްތަކުގެ 3 މެޗެއްގެ އަމްޕަޔަރ ކަން ކުރުމުންނެވެ.
މި ޓްރެއިނިން ޕްރޮގްރާމް ފުރިހަމަކޮށް ފާސްވާ ހުރިހާ ބައިވެރިންނަށްވެސް ކެރަމް އެސޯސިއޭޝަންގެ މުބާރާތްކުގައި އަމްޕަޔަރ ކަން ކުރުމުގެ ފުރުސަތާއި އެކު ތަފާތު އެކި ތަމްރީން ތަކުގައި ބައިވެރި ވުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ.
ކޮންމެ އަހަރަކުވެސް އެމް.އެން.ޔޫ.އެސް.ޔޫ ޝެޓްސް ކެރަމް މުބާރާތާ ދިމާކޮށް އަމްޕަޔަރ ޓްރއެނިން ޕްރޮގްރާމްތައް ދަނީ ކުރިޔަށް ގެންދަމުންނެވެ.





