އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރަމަޟާންމަހަށް ޚާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން ބައިވެރިވެއްޖެ އެވެ.
މި މުބާރާތުގައި ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން ބައިވެރިވެފައިވަނީ 10 ބައިވެރިންނެވެ.
މި 10 ބައިވެރިންވެސް މިރޭ އޮތް ސެޝަނުގައި ވަނީ ކިޔަވާފައެވެ. މިރޭގެ ސެޝަން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަގުސަދުގައި ބޭއްވި މި މުބާރާތުގައި އެމް.އެން.ޔޫ.އެސް.ޔޫ އިން ބައިވެރި ދަރިވަރުން ހޮވާފައިވަނީ އޮޑިޝަނެއް ބާއްވައިގެންނެވެ.
އެމް.އެން.ޔޫ.އެސް.ޔޫ އިން ވަނީ ޤައުމީ ފެންވަރުގެ ޤުރުއާން މުބާރާތްތަކުގައި ބައިވެރިވެ ރަންވަނަތައް ހާސިލުކޮށްފައެވެ.






