ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ 2024 ވަނަ އަހަރުގެ ކިޓް ޕާރޓްނަރަކަށް ސްވިފްޓް ގަރމެންޓްސް ހަމަޖައްސައިފިއެވެ.
މިކަމާބެހޭ އެއްބަސްވުމުގައި 27 އެޕްރީލް 2024 ގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްވިފްޓް ގަރމެންޓްސްގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަލީ ފާއިޒެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިަރިވަރުންގެ ޔޫނިއަންގެ ފަރާތުން ޔޫނިއަންގެ ރައީސް ޖައިޝް ޢަލީ ވަހީދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯގެ ފަރާތުން ސޮައިކޮށްފައިވަނީ ގޮފީގެ ރައީސް އިސްމާޢީލް ރަޒީން ޢިމްރާންއެވެ.
މި އެއްބަސްވުމުގައި ވާގޮތުން 2024 ވަނަ އަހަރު އެސް.އެސް.އެލްގެ އެކިއެކި ކަންކަމުގައި ބޭނުންކުރާނެ ޖަޒީގެ އަދި އިތުރު ސާމާނު ވެސް ސްވިފްޓް ގަރމެންޓްސްގެ ފަރާތުން ފޯރުކޮށްދޭނެއެވެ.






