މި އަހަރުގެ ރަމަޟާން މަހު ،އެމް.އެން.ޔޫ އެސް.ޔޫ އަދި ސިއާ ގުޅިގެން އެމް.އެން.ޔޫ ގެ ދަރިވަރުންނަށް ޙާއްޞަކޮށްގެން ކުރިއަށް ގެންދިޔަ އެމް.އެން.އެސް.ޔޫ – ސިއާ 6 ވަނަ މަދަހަ މުބާރާތް 1445 ގައި ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ އަށް ލިބުނު ކާމިޔާބީ ފާހަގަކޮށްފިއެވެ.
އެޕްރީލް 29 ވީ ހޯމަ ދުވަހުގެ ރޭ ބޭއްވުނު މި ޙަފްލާގައި ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ހިންގާ ކޮމެޓީގެ މެންބަރުންނާއި، ފެކަލްޓީ ތަމްޞީލުކޮށްދިން މަދަހަ ޓީމުގެ ބައިވެރިންގެ އިތުރުން ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ލެކްޗަރާއިންނާއި ސީނިއާރ މެނޭޖްމެންޓް ގެ މެންބަރުންވެސް ވަނީ މި އުފަލުގައި ބައިވެރިވެފައެވެ.
އެމް.އެން.ޔޫ އެސް.ޔޫ- ސިއާ 6 ވަނަ މުބާރާތުގައި ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯ އިން އެންމެ މޮޅު ފެކަލްޓީގެ ކެޓަގަރީގެ 3 ވަނަ ވަނީ ހާޞިލްކޮށްފައެވެ. މި މުބާރާތުގައި ފެކަލްޓީ އޮފް ޝަރިޢާ އެންޑް ލޯ އިން ޤުރޫޕް މަދަހަ ހުށަހެޅުމުގެ އިރުތުން ފެކަލްޓީގެ 8 ދަރިވަރަކު ވަނީ ވަކިވަކި މަދަހަ ހުށަހެޅުމުގައި ބައިވެރިވެފައެވެ.
ފެކަލްޓީ ތަމްޞީލުކޮށް ދަރިވަރުން ހޯދާ މިފަދަ ކާމިޔާބު ތަކަކީ، ބައިވެރިންނަށް އިތުރު ހިތްވަރެއް ދިނުމުގެ ގޮތުންނާއި ގުޅުން ބަދަހި ކުރުމުގެ ގޮތުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިސްނަގައިގެން އަބަދުވެސް ފާހަގަ ކުރާ ކަންކަމެވެ.






