ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) ގެ އިސްވާރުންނަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ 28 އޭޕްރިލް 2024 ވީ އަންގާރަ ދުވަހު 6 ގަޑި ސުންމިނެއްޓުގައެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެމް.އެން.ޔޫ ސެންޓްރަލްގައެވެ. މި ބައްދަލުވުމަކީ ވޮލީ މުބާރާތާއި، ބަހުސް މުބާރާތާއި، ބެޑްމިންޓަން މުބާރާތާއި، ކުޑަ ކުދިންގެ ދުވަސް އަދި ޑޮނޭޝަން ޑްރައިވާއި ގުޅިގެން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ. އަދި މިބައްދަލުވުމުގައި ”ފެސާ އީދު ފޮޓޯ ފޮަރި“އިން ވަނަ ވަނަ އަށް ދިޔަ ދަރިވަރުންނަށް ވަނީ ހަނދާނީލިޔުމާއި ޓްރޮފީ ހަވާލު ކޮއްފައެވެ.
މި ބައްދަލުވުމުގެ މަޤްޞަދަކީ، ފެސާއިން ބައިވެރިވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކާއި ފެސާއިން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ ހަރަކާތްތަކާއި ގުޅުން ހުރި ބައެއް މުހިއްމު މައުލޫމާތު ފެސާގެ އިސްވާރުނާއި ހިއްސާ ކުރުމާއި، ޚިޔާލު ހޯދުމެވެ.
ފެސާގެ ހަރަކާތްތައް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ފެސާގެ އިސްވާރުންގެ ފަރާތުން ލިބިގެންދާ އެއްބާރުލުމާއި އެހީތެރިކަން މި ކުރިއަށް ރޭވިފައިމިވާ ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.






