ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)އާއި ސްޓޫޑެންޓްސް އިނިޝިއޭޓިވް އޮފް އރޓްސް (ސިއާ) ގުޅިގެން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ”އާދޭ ކޮއްކޮމެން“ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ 10 މެއި ވީ ހުކުރު ދުވަހު ހަވީރު 4 ގަޑި ސުންމިނެއްޓުން 6 ގަޑި ސުންމިނެއްޓަށް، ރަސްފަންނުގައެވެ. މި ހަރަކާތަކީ ފެސާގެ އިސްވާރުން އިސްނަގައިގެން ކުޑަކުދިންނަށްޓަކައި ކުރިޔަށް ގެންދެވުނު ހަރަކާތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނަށް އެކި ކަހަލަ މަސައްކަތް ހަވާލުކޮށް ހަދިޔާ ދިނުމާއި، ކުޑަ ކުދިންގެ ދުވަހުގެ ޝުޢޫރު ފާޅު ކުރުމުގެ ފުރުޞަތު ވަނީ އެކުދިންނަށް ވަނީ ދެވިފައެވެ. މީގެ އިތުރުން، ދުވަހުގެ ޚާއްސަ ފޮޓޯ ފޮރޭމާއި އެކު ފޮޓޯ ނެގުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފެސާ އަދި ސިއާގެ އިސްވާރުން އެކުދިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮއްލުމާއި، އެ ކުދިންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރުމެވެ.
މި ހަރަކާތް ކާމިޔާބުކަމާއިއެކު ކުރިޔަށް ގެންދިޔުމަށް ހަރަކާތް ރާވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ފެސާ އަދި ސިއާގެ އިސްވާރުންގެ ފުރިހަމަ އެއްބާރުލުމާއި އެކުގައެވެ. އެހެންކަމުން ފެސާގެ އިސްވާރުންގެ ފަރާތުން މި ހަރަކާތް ކުރިޔަށް ގެންދިޔުމަށް ލިބުނު އެއްބާރުލުމާއި އެހީތެރިކަން ކުރިޔަށް ހުރި ހަރަކާތްތަކުގައި ވެސް ލިބިގެންދާނެ ކަމަށް ފެސާއިން އުއްމީދުކުރެއެވެ.






