ފެސާގެ ފުރަތަަމަ މޫވީ ނައިޓް ބުރާސްފަތިދުވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ.
30 މެއި ވާ ބުރާސްފަތިދުވަހުގެ ރޭ 1945 ގައި އެފް.އީ އޮޑިޓޯރިއަމްގައި އެޅުވުމަށް ހަމަޖެހިފައިވަނީ “ 3 އިޑިއަޓްސް “ އެވެ.
މި މޫވީ ނައިޓުގެ ޓިކެޓް ވިއްކުމުގެ މަސައްކަތް ފެސާގެ އިސްވާރުން ވަނީ މިހާރު ފަށާފައެވެ. މޫވީ ނައިޓްގެ ޓިކެޓް ވިއްކަމުންދަނީ 15 ރުފިޔާއަށް ޓިކެޓެއްގެ ރޭޓުންނެވެ.
އޮންލައިންކޮށް ޓިކެޓް ބައްލަވައިގަތުމަށް 9142760 / 9421150 އަށް މެސެޖްކޮށްލެއްވުމުން ޓިކެޓް ލިބިވަޑައިގަންނަވާނެއެވެ.
މިފަހަރުގެ މޫވީ ނައިޓުގައި ފެސާ ކެންޓީންގެ ޙިދުމަތް ލިބިގެންދާނެއެވެ. ފެސާގެ ކެންޓީނަށް އަބަދުވެސް ބޮޑު ތަރުޙީބެއް ލިބިގެން ދާއިރު،މިފަހަރުވެސް ތަފާތު ރަހަތައް ކެންޓީނުން ލިބިގެންދާނެއެވެ.
ޔުނިވަރސިޓީގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދެވޭ ޙަރަކާތްތައް ކާމިޔާބުކަމާއެކު ކުރިޔަށްގެންދެވެނީ ފެސާގެ ޓީމް އާއި އެފް.އީ ދަރިވަރުންނާ ގުޅިގެންނެވެ. މިހަރަކާތުގައިވެސް ފެސާ ކެންޓީން އަދި ޓިކެޓް ވިއްކުމުގައި އިސްވާރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް އަންނަނީލިބެމުންނެވެ.
މިހަރަކާތުގެ މަގުސަދަކީ ފެސާގެ ފަރާތުން މިއަހަރު ކުރިއަށް ރޭވިފައި ހުރި އެކިއެކި ހަރަކާތްތަކަށް ބަޖެޓް ހޯދުމެވެ. އަދި ދަރިވަރުންނަށް ޔުނިވާރސިޓީ ހަޔާތުގައި ކިޔެވުމުގެ އިތުރުން އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމެވެ.
މީގެއިތުރުން މިއަހަރު ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު މޫވީ ނައިޓްތައް ބޭއްވުމަށް ވަނީރޭވިފައެވެ.






