ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ)ގެ މިއަހަރުގެ ދެވަނަ މޫވީ ނައިޓް ވެސް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.
ޖޫން 6 ވީ ބުރާސްފަތި ދުވަހުގެ ރޭ 20:00 ގައި ސީ.އޭ އޮޑިޓޯރިއަމްގައި ބޭއްވިގެން ދިޔަ މި މޫވީ ނައިޓްގައި އަޅުވާފައިވަނީ 2018 ވަނަ އަހަރު ނެރެފައިވާ ޖޯން ކްރަސިންސްކީގެ ”އަ ކުއައިޓް ޕްލޭސް “ އެވެ. މި ފިލްމަކީ ބިރުވެރި ފިލްމަކަށް ވާއިރު މުޅި އޯޑިއަންސް ވަނީ ހަމަހިމޭން ކޮށްލާފައެވެ.ނަމަވެސް މި ފިލްމުގައި ހިމެނޭ ބައެއް ސީން ތަކުގައި އޯޑިއަންސް ސިއްސުވައިލިކަން ފާހަގަ ކުރެވެއެވެ.
މޫވި ނައިޓަށްފަހު މި ފިލްމުގެ ދެވެނަ ބައިގައި ވާނީ ކިހިނެއް ބާއޭ މި ފިލްމުގެ ކޮންމެ ބައިވެރިއކުވެސް ހިތަށް އަރާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
މޫވީ ނައިޓްގެ ޓިކެޓު 10 ރުފިޔާއަށް ވިއްކާފައިވާއިރު އޮންލައިންކޮށް ޓިކެޓު ގަތުމުގެ ފުރުސަތުވެސް އޮތީ ހުޅުވާލާފައެވެ.
މޫވީ ނައިޓް ކުރިއަށް ދިޔަ ވަގުތު ކެންޓީނުގެ ޚިދުމަތްތައް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ފެނާއި،ގްރިލްޑް ސޮސެޖުގެ އިތުރުން ޕޮޕް ކޯން ވަނީ ވިއްކާފައެވެ.
މި ހަރަކާތުގެ މަގްސަދަކީ ދަރިވަރުންނަށް އެކުވެރިންނާއެކު ވަގުތުކޮޅެއް ހޭދަ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އިތުރުން ފެސާއިން ކުރިޔަށް ރާވާފައި ހުރި ހަރަކާތްތަކަށް ބަޖެޓު ހޯދުމެވެ.
މި މޫވި ނައިޓަކީ މި ސެމިސްޓާގައި ފެސާއިން ކުރިއަށް ގެނދާނެ އެންމެ ފަހުގެ މޫވީނައިޓް ކަމުގައި ވިޔަސް، ފެސާއިން ދެވަނަ ސެމިސްޓާގައި އިތުރު ފަންޑްރެއިޒިން ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މިފަދަ އިވެންޓްތައް ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިޔުމުގެ މޭސްތިރިންނަކީ ފެސާގެ ހީވާގި އިސްވާރުންކަން ފާހަގަ ކޮށްލެވެއެވެ.