އެމް.އެން.ޔޫ.އެސް.ޔޫގެ އެންމެ ބޮޑު އެއް ޙަރަކާތް ކަމުގައިވާ އެމް.އެން.ޔޫ.އެސް.ޔޫ ފުޓްސަލް ފިއެސްޓާގައި ވާދަކުރާ އެސް.އެސް.އެލްގެ ޓީމަށް ޖަޒީ ބައި ހަވާލުކޮއްފިއެވެ.
ޓީމަށް ޖަރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ 2024 އޮކްޓޫބަރު 24 ވީ ބުރާސްފަތި ދުވަހުގެ ރޭ، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައެވެ.
މިފަހަރުގެ ފުޓްސަލް ފިއެސްޓާއަށް، އެސް.އެސް.އެލް ގެ ޖާޒީ ބައި ސްޕޮންސަރ ކޮށްފައިވަނީ ދުވެލި އޮންލައިން އިންނެވެ. ދުވެލި މީޑިއާ އަކީ ދިވެހިރާއްޖޭގެ މީސް މީޑިއާގެ އެކި މަންސަތަކުގައި ޙަރަކާތްތެރިވާ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދެމުންދާ، މުޖުތަމަޢުއަށް މަންފާކުރަނިވި މަސައްކަތްތަކެއް ކުރަމުން ގެންދާ ފަރާތެކެވެ.
ޖާާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެ، ޓީމުގެ ކުޅުންތެރިންނާ ޖާޒީ ހަވާލުކޮއްދެއްވީ ދުވެލި މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިފާޢު އެވެ.