Student Union, The Maldives National University - Students' union
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Student Union, The Maldives National University - Students' union
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Menu
  • މައި ޞަފްޙާ
  • ޚަބަރު
  • ހަރަކާތް
  • ރިޕޯޓް
    • ޔޫނިއަން
    • ގޮފިތައް
  • ގޮފިތައް
    • ފެސާ
    • ބީ.އެސް.އެސް.އޭ
    • ހީލާރސް
    • އެސްޓާ
    • ތަރަޙަ
    • ސިއާ
    • ޝެޓްސް
    • ނިއަރެސް
    • އެސް.އެސް.އެލް
    • މެޑިކޯސް
    • އަހުރަ
    • ގުރުޒު
    • ނޭކަ
    • ދޮންދީނި
  • އިޢުލާން
  • ޑައުންލޯޑްސް
  • ގެލެރީ
    • ފޮޓޯ ގެލެރީ
    • ވީޑިއޯ ގެލެރީ
    • ގޮފިތަކުގެ ގެލެރީ
  • ދަންމަރު
  • ހިންގާ ކޮމިޓީ
  • އިނާމުތައް
  • ތާރީޚް
    • ޔޫނިއަން
    • ގޮފިތައް
    • ހަރަކާތްތައް
  • EN
Search
Home ޚަބަރު

ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ތަޖުރިބާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

މުޙައްމަދު ހިޒްޔަމް ހާމިދު by މުޙައްމަދު ހިޒްޔަމް ހާމިދު
2025-01-29
in ޚަބަރު
ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ތަޖުރިބާ ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)ގެ ފުރަތަމަ ބައިނަލްއަޤްވާމީ ތަޖުރިބާ ދަތުރު ނިންމާލައިފި އެވެ.

22 ޖަނަވަރީ އިން 28 ޖަނަވަރީ 2025ގެ ނިޔަލަށް މެލޭޝިއާގެ ކުއާލާ ލަމްޕޫރަށް ކުރި މި ދަތުރުގައި ދަރިވަރުންގެ ޔޫނިއަންގެ 34 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި ޔޫނިއަންގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ މެންބަރުން އަދި ޔޫނިއަންގެ ލީޑަރުންނާއި އެޑްވައިޒަރީ ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި ދަތުރުގައި މެލޭޝިއާގެ 3 ޔުނިވަރސިޓީއަކަށް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން، އޭޝިއާ ޕެސިފިކް ޔުނިވަރސިޓީ، މެނޭޖްމަންޓް އެންޑް ސައިންސް ޔުނިވަރސިޓީ އަދި ޔުނިވަރސިޓީ ކެބަންގްސަން މެލޭޝިއާއަށް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ޔުނިވަރސިޓީތަކުގައި ކިޔަވާ ދަރިވަރުންގެ ތަޖުރިބާތައް ވަނީ ޙިއްސާކޮށްފައެވެ. އަދި ޔުނިވަރސިޓީތަކުގެ ކިޔެވުމުގެ ނިޒާމު ބައްޓަންކުރެވިފައިވާ ގޮތްތައްވެސް ވަނީ ޙިއްސާކޮށްފައެވެ.

ޔުނިވަރސިޓީތަކުގެ އިތުރުން މި ދަތުރުގައި މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަށް ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތުގައި ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައިވަނީ ހައި ކޮމިޝަނަރ ޑރ. މަރިޔަމް ޝަބީނާ އަޙްމަދާއި ހައި ކޮމިޝަނުގެ އިސްވެރިންނެވެ. ހައި ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންކުރެވިފައި ހުންނަ ގޮތާއި، ދަރިވަރުންނަށް މެލޭޝިއާގައި ހުރި ފުރުޞަތުތަކާބެހޭ ގޮތުން ހައި ކޮމިޝަނުން ވަނީ ދަރިވަރުންނަށް މަޢުލޫމާތު ދެއްވާފައެވެ.

މެލޭޝިއާއަށް ކުރި މި ދަތުރުގައި މެލޭޝިއާގެ ޚާއްސަ ތަންތަނަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން، މަޝްހޫރު ޕެޓްރޯނަސް ޓްވިން ޓަވަރާއި، ގެންޓިންގ ހައިލޭންޑްސް، ބަޓޫ ކޭވްސް، ބަޓިކް ފެކްޓަރީ އަދި ޗޮކްލެޓް ފެކްޓަރީއަށް ވަނީ ޒިޔާރަތްކޮށްފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫގެ މި ތަޖުރިބާ ދަތުރުގެ އެންމެހައި ޚަރަދުތައް ބަލަހައްޓާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، މެންހަޓަން ބިޒްނަސް ހޮޓެލް، އައިކެއާ، ދަމާސް، އަދި ޔޫނިއަނަށް ހެޔޮއެދޭ ފަރާތްތަކުން ފޯރުކޮށްދިން އެހީތެރިކަމުގެ ތެރެއިންނެވެ. ދަތުރުގެ ޓިކެޓުތައް ދަރިވަރުން އަމިއްލަ ޚަރަދުގައި ނަގާފައިވާއިރު، ދަތުރުގެ ކަންތައްތައް ހަމަޖެއްސުމުގައި ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސެލަރ، ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި، ޑީން އޮފް ސްޓޫޑަންޓްސް އަދި މެނޭޖްމަންޓްގެ އިސްވެރިންގެ ފަރާތުން އެހީތެރިކަން ވަނީ ލިބިފައެވެ.

އެމް.އެން.ޔޫ.އެސް.ޔޫއިން މުޅިން އަލަށްކުރި މި ތަޖުރިބާ ދަތުރަކީ ޔޫނިއަނުން މި އަހަރު ހިންގުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް ޙަރަކާތެވެ. މި ދަތުރުގެ ތެރެއިން ދަރިވަރުންނަށް ވަރަށް ގިނަ ލައިފް ސްކިލްސްތައް ދަސްވެފައިވާއިރު، މިއީ ކާމިޔާބު ދަތުރެއްކަން ފާހަގަކޮށްލެވެއެވެ.

މުޙައްމަދު ހިޒްޔަމް ހާމިދު

މުޙައްމަދު ހިޒްޔަމް ހާމިދު

އެމް.އެން.ޔޫ.އެސް.ޔޫގެ ރައީސް

Leave a Reply Cancel reply

Your email address will not be published. Required fields are marked *

އެންމެފަސް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު 5 ފަރާތަކަށް

ދަރިވަރުންގެ ޔޫނިއަންގެ ޝަރަފުވެރިކަމުގެ އިނާމު 5 ފަރާތަކަށް

2026-11-22
ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް

ދަ ނެކްސްޓް ލެވެލްގެ އެންމެ މޮޅު ފެކަލްޓީއަކީ ކޮލެޖް އޮފް ފިޝަރީޒް އެންޑް އޯޝަން ސައިންސަސް

2026-11-22
އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގެ މިއަހަރުގެ އެންމެ ހަރަކާތްތެރި މެންބަރަކަށް ނުހާމް

އެމް.އެން.ޔޫ.އެސް.ޔޫ މީޑިއާގެ މިއަހަރުގެ އެންމެ ހަރަކާތްތެރި މެންބަރަކަށް ނުހާމް

2026-11-22
އެމް.އެން.ޔޫ.އެސް.ޔޫ 15ވަނަ ދައުރުގެ ހިންގާ ކޮމެޓީ ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

އެމް.އެން.ޔޫ.އެސް.ޔޫ 15ވަނަ ދައުރުގެ ހިންގާ ކޮމެޓީ ވައިސް ޗާންސެލަރ އިފްތިތާހުކޮށްދެއްވައިފި

2026-11-22
އެންމެ ހަރަކާތްތެރި ގޮފީގެ މަޤާމު ފުރަތަމަ ފަހަރަށް ކެމްޕަސް ގޮތްޕަކަށް!

އެންމެ ހަރަކާތްތެރި ގޮފީގެ މަޤާމު ފުރަތަމަ ފަހަރަށް ކެމްޕަސް ގޮތްޕަކަށް!

2026-11-22
ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

ދަރިވަރުންގެ ޔޫނިއަންގެ 14 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތެއް ބާއްވައިފި

2026-11-21
The Maldives National University (MNU A-BLOCK) - Thinadhoo Campus , The Maldives National University
Student Union, The Maldives National University - Students' union

އަޅުގަނޑުމެންނަކީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން

Twitter
Facebook-f
Instagram
Youtube

© mnusu.edu.mv

Designed And Developed By Codelab