ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ (އެމް..އެން.ޔޫ.އެސް.ޔޫ)ގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ގޮފި ހީލަރސްގެ ވޯޓުލުން ފަށައިފިއެވެ.
މާލޭ ކެމްޕަސް ގޮފިތަކުގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ވޯޓަކަށް ގޮސްފައިވަނީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ގޮފި ހީލަރސްގެ މީޑިއާ ކޯޑިނޭޓަރުގެ މަޤާމެވެ.
އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑޭޓު ނަންބަރު ތަރުތީބުކުރެވިފައިވާ ގޮތް:
ހީލާރސްގެ މީޑިއާ ކޯޑިނޭޓަރ
ކެންޑިޑޭޓް ނަންބަރ 1: ލަމްޢާ ޖަމީލް، ހ.ބޮނޑިބަތްގެ / ކ.މާލެ
ކެންޑިޑޭޓް ނަންބަރ 2: ލައުޢާ އަޙްމަދު ނަސީމް، ކޮކްނަޓް ވިލާ / ހދ.ވައިކަރަދޫ
މި އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓާފައި ހުރީ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޢިމާރާތުގެ ކޮންފަރެންސް ހޯލުގެ ބޭރުގައެވެ. އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ 13 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:25 އިން މެންދުރުފަހު 14:25ގެ ނިޔަލަށެވެ.
ދަރިވަރުންގެ ޔޫނިއަންގައި ޖުމްލަ 14 ގޮތްޕެއް ހަރަކާތްތެރިވެއެވެ. އޭގެ ތެރެއިން 10 ގޮފި ހަރަކާތްތެރިވަނީ މާލޭ ކެމްޕަހުގައެވެ. އަދި ބާކީ 4 ގޮފި ހަރަކާތްތެރިވަނީ އަތޮޅުތެރޭ ކެމްޕަސްތަކުގައެވެ.






