ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ)އިން އަންހެނުންގެ ދުވަހު ޚާއްޞަ ކޭކުފެޅުމުގެ ޙަރަކާތެއް ބާއްވައިފި އެވެ.
އެމް.އެން.ޔޫގެ ޕީއީ ހޯލުގައި ކުރިއަށްގެންދިޔަ މި ޙަރަކާތުގައި ޔޫނިއަންގެ އަންހެން އިސްވާރުން ވަނީ ބައިވެރިވެފައެވެ.
ދަރިވަރުންގެ ޔޫނިއަންގެ ފަރާތުން އަންހެނުންގެ ދުވަހަށް ޚާއްޞަ ޙަރަކާތެއް ބާއްވާފައިވާއިރު، ގޮފިތަކުންވެސް އަންނަނީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކިއެކި ޙަރަކާތްތައް ހިންގަމުންނެވެ. އެގޮތުން، ޔުނިވަރސިޓީގެ މިހާރުގެ ދަރިވަރުންނާއި ހަރުދަނާ އިސްވާރުން އަދި އެލަމްނައިގެ ކާމިޔާބީތައް ފާހަގަކޮށް، ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑަންޓް އެސޯސިއޭޝަނުން ވަނީ މީސްމީޑިއާގައި ޕޯސްޓުތަކެއް ހިއްސާކޮށްފައެވެ.
އެމް.އެން.ޔޫ.އެސް.ޔޫގެ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގައިވެސް މި އަހަރަކީ އަންހެން މެންބަރުން ގިނަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ.