ބީއެސްއެސްއޭ އިން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ބޮޑު ރޯދަ ވީއްލުމެއް މިދިޔަ ބުރާސްފަތި ދުވަހު ބާއްވައިފިއެވެ. މިއަހަރުގެ ރޯދަ ވީއްލުމަށް ކުދިންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައި ވެއެވެ.
މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ ކުދިންގެ މެދުގައި އެކުވެރިކަމުގެ ގުޅުން ބަދަހި ކުރުމެވެ. އަހަރަކަށް ވުރެ އަހަރެއް ކުދިންގެ ޝައުގުވެރިކަން އިތުރުވާތަން ފެނިގެންދިއުމަކީ ބީއެސްއެސްއަށް ލިބޭ ބޮޑު ކާމިޔާބެކެވެ. އެހެންކަމުން މިއަހަރުވެސް މި ރޯދަވީއްލުން ވަނީ ވަރަށް ކާމިޔާބުކަމާއިއެކު ނިންމާލާފައެވެ. މުޅި ޖުމްލަ 60 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ރޯދަ ވީއްލުމުގައި ބައިވެރިވެފައި ވެއެވެ. އަދި ހަމަ އެހެންމެ ދަރިވަރުންގެ ޔޫނިއަނަށް ދިން ދައުވަތު ގަބޫލުކުރައްވާ ޔޫނިއަންގެ ހިންގާ ކޮމިޓީއިންވެސް ވަނީ މި ރޯދަވީއްލުމުގައި ބައިވެރިވެފައެވެ.
މަޖާ އުފާވެރި މާހައުލެއްގައި ހުރިހާ ކުދިންވެސް ރޯދަވީއްލުން ނިންމާލިއިރު މިކަމުގައި ބީއެސްއެސްއޭގެ އިސްވާރުންގެ ފަރާތުންވަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައެވެ. އެގޮތުން ކާބޯތަކެތީގެ ކަންކަމުގައި ވެދެއްވި އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މުޅި ޖުމްލަ 20 ވައްތަރުގެ ފޮނި އަދި ކުޅި ބާވަތްތަކުގެ އިތުރުން ޖޫސް އަދި ފަނިވެސް ވަނީ މިރޯދަވީއްލުމަށް ގެނެސްފައެވެ.
ބީ.އެސް.އެސް.އޭއިން ދަނީ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް މިފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.





