ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީ.އެސް.އެސް.އޭ) އިން އިންތިޒާމު ކޮށްގެން އެމްއެންޔޫ ބިޒްނަސް ސުކޫލަށް އަލަށް ގުޅުނު ދަރިވަރުންނާއި އިސްވާރުންނަށް ހާއްސަ ކޮށްގެން ބާއްވާ ލީޑާސް ޖޭމްސް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓާރ އަށް އަލަށް ގުޅުނު ދަރިވަރުންނަށް ދައުވަތު ދީގެން ސެޕްޓެމްބަރު 19ވީ ހުކުރު ދުވަހުގެ ރޭ އެމްއެންޔޫ އެފްއީ ޕީއީ ހޯލުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި މުޅި ޖުމްލަ 40 ދަރިވަރުންވަނީ ބައިވެރިވެފައިވެއެވެ.
މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ އަލަށް ގުޅުނު ދަރިވަރުންނާއި މިހާރުގެ އިސްވާރުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އެކަކު އަނެކަކަށް ތައާރަފުވެ، ދަރިވަރުންގެ ހުނަރުތައް ދެނެގަތުމެވެ.
ރޭގަނޑު 22:00-20:00އަށް ކުރިއަށްދިޔަ މި ހަރަކާތް ނިންމާލާފައިވަނީ އަލަށް ގުޅުނު ދެކުދިންގެ ހުނަރުވެރި ލަވަކިޔުމުގެ ހަރަކާތަކުންނެވެ.
ބީ.އެސް.އެސް.އޭ އިން އިސްނަގައިގެން މިސެމިސްޓަރގައި ވެސް ދަނީ ގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދަމުންނެވެ. އަދި މިއަހަރުގެ ކުރިޔަށް އޮތްތާނގައިވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވައިފައެވެ.





