ފެކަލްޓީ އޮފް އެޑިއުކޭޝަން ސްޓޫޑެންޓް އެސޯސިއޭޝަން (ފެސާ) އާއި އެމް.އެން.ޑީ.އެފް ގުޅިގެން ”ނަސްރުގެ ފަސާނާ“ ގެ ނަމުގައި ކުރިޔަށް ގެންދިޔަ ޕެނަލް ޑިސްކަޝަން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ޕެނަލް ޑިސްކަޝަން ކުރިޔަށް ގެންގޮސްފައިވަނީ 4 ނޮވެމްބަރު ވީ އަންގާރަ ދުވަހުގެ ރޭގައެވެ. ޕެނަލް ޑިސްކަޝަން ބާއްވާފައިވަނީ އެމް.އެން.ޔޫ ސެންޓްރަލް އޮޑިޓޯރިއްމްގައެވެ.
މި ހަރަކާތް ހުށައަޅައިދިނީ އަޙްމަދު ޢަލާއު އިސްމާޢީލް އަދި ޢާއިޝަތު ޢަލްޔާ ޢާރިފްއެވެ. މި ޕެނަލް ޑިސްކަޝަންގައި ޖުމްލަ 7 ޕެނަލިސްޓުންގެ ތަޖުރިބާ ވަނީ ހިއްސާ ކުރެވިފައެވެ. މި ހަފްލާ ގައި އެމް.އެން.ޔޫ ގެ ލެކްޗަރާއިންނާއި، ދަރިވަރުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ.
މި ހަރަކާތުގެ މަޤްޞަދަކީ ނޮވެމްބަރު 3 ގައި ޝަހީދުވެފައިވާ ޝަހީދުންގެ އަގުވަޒަންކުރުމާއި، ނަސްރުގެ ދުވަހާ ގުޅޭ މައުލޫމާތު ތަފްސީލުކޮށް ގެނެސްދިނުމެވެ.
މި ހަރަކާތް ކާމިޔާބުކަމާއިއެކު ނިންމާލެވުނީ އެމް.އެން.ޔޫ އަދި އެމް.އެން.ޔޫ.އެސް.ޔޫގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމާއެކީއެވެ.






